އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން.
ބޮރިސް ޖޮންސަން، ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރިފަހުން އިނގިރޭސި ސަރުކާރުން ދެލައްކައަށްވުރެ ގިނަ ޕައުންޑު ދިންކަން ފަޅާއަރައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބޮރިސް ޖޯންސަން މަގާމުން ވަކިކުރިތާ މަހެއްހާ ދުވަސް ފަހުން 276،130 ޕައުންޑު ވަނީ ދީފައެވެ. އެފައިސާ ދީފައިވަނީ އެމެރިކާގައި ތަގުރީރެއް ދެއްވުމަށްކަމަށްވެއެވެ.

ބޮރިސް އެ ތަގުރީރު ދެއްވާފައި ވަނީ އޮކްޓޯބަރު މަހު ކޮލޮރާޑޯ ސްޕްރިންގްސްގައި ބޭއްވި ކައުންސިލް އޮފް އިންޝުއަރެންސް އޭޖެންޓްސް އެންޑް ބްރޯކަރސްގެ ކޮންފަރެންސެއްގައެވެ. ބޮރިސް ވަނީ މިކޮންފަރެންސްގައި 30 މިނެޓުގެ ތަގުރީރެއް ދެއްވައި، ވަކި ވަކި ބައްދަލުވުން ތަކުގައި 45 މިނެޓު ހޭދަކުރަށްވާފައެވެ.

އޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި މިކޮންފަރެންސުގައި ބައިވެރިވުމަށް ގާތްގަނޑަކަށް 150،000 ޑޮލަރު (126،743 ޕައުންޑް) ވަނީ ބޮރިސްއަށް ދީފައެވެ. ނަމަވެސް ބޮރިސްގެ ރަސްމީ މާލީ ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުންވަނީ 276،130 ޕައުންޑް ދީފައެވެ. މިއީ އަދި އެކޮންފަރެންސުގެ ދަތުރާއި، ހުރުމުގެ ހަރަދު ނުހިމަނައެވެ.

އެކޮންފަރެންސްގައި ބައިވެރިވުމަށް ބޮރިސް އަދި އިތުރު ދެ މުވައްޒަފުންގެ ދަތުރުފަތުރާއި އެކޮމޮޑޭޝަންގެ ހަރަދުތައް ބަލަހައްޓާފައިވަނީ އެކޮންފަރެންސް ރާވާ ހިންގި ފަރާތުންކަން ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން