އަންނަ އާދިއްތަ ދުވަހު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު ފެސްޓިވަލްކަމަށްވާ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި ފަށާނެއެވެ. 32 ޓީމު ވާދަކުރާ މި މުބާރާތުގައި ވާދަކުރާ ޓީމުތައް މިހާރު އަންނަނީ ގަތަރަށް ޖަމާވަމުންނެވެ.

ވޯލްޑް ކަޕަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓީމުތައް ވާދަކުރާ މުބާރާތަކުންވުމުން އެ ޓީމުތަކުން ވޯލްޑް ކަޕަށް އާއްމު ގޮތެއްގައި އަންނަނީ އެ ޓީމުތަކުން ބޭނުންވާ ހުރިހާ ސާމާނެއް ހިފައިގެނެވެ. މިއީ ބޭނުންވާ ވަކި އެއްޗެއް ނުލިބިދާނެތީއެވެ. މީގެތެރެއިން ވެސް ކުޅުންތެރިން ކެއުމަށް ބޭނުންވާ ތަކެއްޗަކީ އެންމެ އިސްކަމެއް ޓީމުތަކުން ދޭ މަސައްކަތެވެ.

ހަބަރުތައް ބުނާގޮތުން މިފަހަރުގެ ވޯލްޑް ކަޕަށް އާރޖެންޓީނާ އާއި އުރުގުއޭއިން އަންނަނީ، ކޮންމެ ޓީމަކުން ހާހެއްހާ ކިލޯގެ އެއްގަމު މަސް ހިފައިގެނެވެ. މިއީ އެ ދެ ގައުމުގައިވެސް މަގްބޫލު ކެއުމެއް ކަމަށްވާ އަސާޑޯ ތައްޔާރުކުރާށެވެ.

ބާބެކިޔު ހަދައިގެން ތައްޔާރުކުރާ އާސާޑޯއަކީ ދުނިޔޭގައި އެންމެ ގިނައިން އެއްގަމު މަސް ބޭނުންކުރާ އާރޖެންޓީނާ އާއި އުރުގުއޭގައި ވަރަށް މަގްބޫލް އެއްޗެކެވެ. އަސާޑޯ ތައްޔާރުކުރަން ގެރި މަހާއި، އޫރު މަހާއި، ކުކުޅާއި، ބަކަރި މަހާއި ސޮސެޖާއި އެހެނިހެން ބައެއް އެއްގަމު މަސް ބޭނުންކުރެއެވެ.

މީގެކުރީގެ ވޯލްޑް ކަޕްތަކުގައިވެސް މި ދެ ޓީމުން ވަނީ އަސާޑޯ ތައްޔާރުކޮށްފައެވެ.



އުރުގުއޭގެ ޓީމުން އަބޫދާބީގައި ތަމްރީންތައް ފުރިހަމަކުރަމުންދާއިރު އެ ޓީމު ތިބޭ ހޮޓަލުގައި ވަނީ އަސާޑޯ ހެދުމަށް މިހާރުވެސް ބާބެކިޔުއެއް ބާއްވާފައެވެ. މިކަމުގައި އިސްކޮށް ހުރީ ޓީމުގެ ބޮޑު ކައްކާއެވެ.

އާޖެންޓީނާ ޓީމު ގަތަރުގެ ދޯހާއަށް ގޮސްފައިވާއިރު، ޔޫއޭއީއާއެކު ކުޅުނު އެކުވެރިކަމުގެ މެޗު ވަނީ 5-0 އިން ކާމިޔާބުކޮށްފައެވެ. މި މެޗު ކާމިޔާބުކުރުމާއި ގުޅިގެން އާރޖެންޓީނާއިންވެސް ވަނީ އާސޯޑާ ތައްޔާރުކޮށްފައެވެ.

އާރޖެންޓީނާގެ ކޯޗު ބުނީ އަސާޑޯއަކީ މީރު އެއްޗެއް ނަމަވެސް، މިކަމުގެ ހާސިލުވާ އެންމެ މުހިއްމުކަމަކީ ޓީމަށް ލިބޭ އެއްބައިވަންތަކަންކަމަށެވެ.

އާރޖެންޓީނާއާއި އުރުގުއޭއިން އެއްގަމު މަސް ގެންދިޔައިރު، އަވަށްޓެރި ބްރެޒިލުން ވޯލްޑް ކަޕަށް ގެންދަނީ ކޮފީއާއި ދަނޑިއަލުވި ފުށެވެ. 30 ކިލޯގެ ދަނޑި އަލުވި ފުށް ބްރެޒިލުން ވޯލްޑް ކަޕަށް ގެންގޮސްފައިވާއިރު، އެ ގައުމުގައި މަޝްހޫރު ކާއެއްޗެއްކަމަށްވާ ފަރޯފާ ތައްޔާރުކުރަނީ ދަނޑިއަލުވި ފުށުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ރިހާކުރު.

26-Nov-2022

އައްދެ އަހަރުމެން ދިވެހިންގެ ޓީމު ދިިޔަނަމަ ގެންދާނަން ދިއްގަރު ރިހާކުރުކު ރީބްބުރޭންޑިން ކޮއްފަ ބަގުލަދޭޝީ މިކްސްޑް ރިހާކުރު ޕުޓީ ޓައްޕެއް.



ޓްރެންޑިން