ވޯލްޑް ކަޕަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބަނގުރާ.
ވޯލްޑް ކަޕަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބަނގުރާ.
މިއަހަރުގެ ވޯލްޑްކަޕް ބާއްވާ ޤަތަރުގެ ފުޓުބޯޅަ ދަނޑުތަކުގައި ރަލުގެ ބާވަތްތައް ނުވިއްކާނެކަމަށް އިއުލާންކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދެމުން ފީފާއިން ބުނީ މިފަދަ ނިންމުމެއް ނިންމާފައިވަނީ މިއަހަރު ވޯލްޑްކަޕް ބާއްވާ ގައުމުގެ އިސްފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

“ވޯލްޑްކަޕް ބާއްވާ ގައުމުގެ ކަމާބެހޭ ފަރާތްތަކާއި ފީފާއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، ގަތަރުގެ ފީފާ ވޯލްޑް ކަޕް 2022 ގެ ދަނޑު ހިމެނޭ ސަރަހައްދުގައި ބަނގުރާ ވިއްކުން މަނާކޮށް، ފީފާ ފޭން ފެސްޓިވަލާއި އެހެން ސަޕޯޓަރުންގެ މަންޒިލްތަކާއި ލައިސަންސް ލިބިފައިވާ ތަންތަނުގައި ބަނގުރާ ވިއްކުމަށް ވަނީ ނިންމާފައެވެ،" ފީފާ އިން ނެރުނު ބަޔާނުގައިވެއެވެ.

މިނިންމުމާއެކު ވޯލްޑްކަޕް ދަނޑުތަކުގައި ވިއްކާނީ ރަލުގެ ބާވަތްތައް ނުހިމެނޭފަދަ ބުއިންތަކެވެ.

މިނިންމުމާއެކު ފީފާ އަދި ވޯލްޑް ކަޕް ސްޕޮންސަރަކާއި ދެމެދު ވެފައިވާ އެއްބަސްވުމަކާއި ވަނީ ފުށުއަރާފައެވެ. ގަތަރުގެ ފީފާ ވޯލްޑް ކަޕް 2022ގެ ސްޕޮންސަރެއްގެ ގޮތުގައި ބިޔަރު އުފައްދާ ކުންފުންޏަކާއި ފީފާއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ފީފާ އަދި އޭބީ އިންބެވް ކުންފުންޏާ މެދު ވެފައިވާ 75 މިލިއަން ޑޮލަރުގެ މިއެއްބަސްވުމުގެ ދަށުން، ވޯލްޑް ކަޕް ކުޅޭ ދަނޑުތަކުގައި ރާ ވިއްކުމަށް އެކްސްކްލޫސިވް ހުއްދައެއް ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން