އިންޑޮނޭޝިއާގެ ހުޅަނގު ސަރަހައްދަށް 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއްގެ އަސަރުކޮށްފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނީ މިބިންހެލުން އައިސްފައިވަނީ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 212 ކިލޯމީޓަރު (132 މޭލު) ދުރުގައި އޮންނަ ކަނޑުއަޑީގެ ސަރަހައްދަށް ކަމަށެވެ. ބިންހެލުން އައިސްފައި ވަނީ މިރޭ ރާއްޖެ ގަޑިން ރޭގަނޑު 8 ޖަހާކަންހާއިރެވެ.

އަދި މީގެ ކުޑައިރުކޮޅެއްގެ ކުރިން ހަމަ އެ ސަރަހައްދަށް 5.4 މެގްނިޓިއުޑްގެ އަފްޓާޝޮކެއް ނުވަތަ އިތުރު ލޮޅުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވެއެވެ.

މިބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން