މިހާރު ކުރިއަށްދާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތް، ވޯލްޑްކަޕްގައި އިންގްލޭންޑާއި އިރާން ބަދަލުކުރި މެޗު ބޮޑު ތަފާތަކުން އިންގްލެންޑް ކާމިޔާބު ކޮށްފިއެވެ.
މިރޭ ކުޅުނު މި މެޗުގައި ގިނަވަގުތު ކުޅެ މެޗު ޑޮމިނޭޓް ކޮށްފައިވަނީ އިންގްލޭންޑްގެ ޓީމެވެ. އިރާނަށް ރަނގަޅު ކުޅުމެއް ނުފެށި އުޅެނިކޮށް އެ ޓީމުގެ އެއްވަނަ ގޯލް ކީޕަރު އަލީރެޒާ ބެއިންވަންރަންޑްގެ ނޭފަތަށްވި އަނިޔާއަކާއި ގުޅިގެން ދަނޑުން ފައިބަންޖެހުން ވެގެންދިޔައީ އިރާނުގެ ކުޅުންތެރިންނަށް ލިބުނު ބޮޑު ނުތަނަވަސް ކަމަކަށެވެ.
އިރާނުގެ ކީޕަރު ބަދަލުވުމަށްފަހު މާގިނައިރެއްނުވެ އިންގްލޭންޑުން އެ ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބު ކުރިއެވެ.
އެ ގޯލް މެޗުގެ 35 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ގޯލް ޖަހައިދިނީ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ސަކާއެވެ. އަދި ތިންވަނަ ގޯލް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިންއެވެ.
ދެވަނަ ހާފުވެސް އިންގްލެންޑުން ފެށީ މޮޅު ކުޅުމަކާއެކުއެވެ. ގިނަވަގުތު ކުޅެ ހަތަރުވަނަ ގޯލް އިންގްލޭންޑުން ކާމިޔާބު ކުރީ މެޗުގެ 62 ވަނަ މިނެޓުގައި ދެވަނަ ގޯލްވެސް ޖަހައިދިން ސަކާއެވެ.
ނަމަވެސް، އޭގެ ތިން މިނެޓުފަހުން އިރާނުން އެ ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބު ކުރިއެވެ. ބޮލުން ތަރެމީ ޖެހި އެ ގޯލަށްފަހުވެސް އިރާނަށް ހަމަޖެހިލައިގެން ނުތިބެވުނެވެ.
މެޗުގެ 71 ވަނަ މިނެޓުގައި އަނެއްކާވެސް އިންގްލޭންޑުން ގޯލެއް ޖެހިއެވެ. އެ ގޯލް ޖެހީ މާކަސް ރަޝްފާޑްއެވެ.
އީރާންގެ ދެވަނަ ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ޖެހި ތަރެމީއެވެ. އެއާއިއެކު މެޗު ނިމިގެން ގޮސްފައިވަނީ 6 – 2 ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕްގައި މިއަދުގެ ދެވަނަ މެޗުގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި ސެނެގާލްއެވެ. އަދި މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އެމެރިކާއާއި ވޭލްސްއެވެ.

ކިޔުންތެރިންގެ ހިޔާލު