ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ކުޅުންތެރިންގެ ޓްރާންސްފަރ މާކެޓްގެ އަގުތަކަށް ބަލާއިރު އެންމެ އަގުބޮޑު ސްކޮޑެއް އޮތީ އިންގްލެންޑު ޓީމުގައިކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ ކުރިއަށްގެންދިޔައީ ސުވިޓްޒަލޭންޑުގެ ރިސާޗު ގްރޫޕެއް ކަމަށްވާ ސިއެސް ފުޓްބޯލް އޮބްޒަވޭޓަރީންނެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި ކުޅުންތެރިންގެ ޓްރާންސްފަރ މާކެޓްގެ އަގުތަކަށް ބަލާއިރު ވޯލްޑް ކަޕްގައި ވާދަކުރާ 26 ކުޅުންތެރިންގެ އިންގްލެންޑް ޓީމުގެ އަގު 1.5 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ވޯލްޑްކަޕްގައި 800 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާއިރު އޭގެތެރެއިން ޓްރާންސްފަރ މާކެޓްގައި އެންމެ މަތިން އަގުކޮށްފައިވަނީވެސް އިންގްލެންޑް ކުޅުންތެރިއެއްކަމަށްވާ ޖޫޑް ބެލިންގހަމް (19)އެވެ. އޭނާގެ އަގު އުޅެނީ 207 މިލިއަން ޑޮލަރުގައެވެ.
އިންގްލެންޑަށްފަހު މި ލިސްޓުގެ ދެވަނަ ލިބެނީ ބްރެޒިލްއަށެވެ. އެ ޓީމުގެ އަގު 1.49 ބިލިއަން ޑޮލަރަށް އަރާއިރު، އެ ޓީމުގައި އެންމެ މަތިން އަގުކޮށްފައިވަނީ 205 މިލިއަން ޑޮލަރާއެކު ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއަރއެވެ.
ލިސްޓުގެ 3 ވަނަ ފްރާންސަށް ލިބޭއިރު، އެ ޓީމުގެ ޓްރާންސްފަރ ވެލިއު އުޅެނީ 1.38 ބިލިއަން ޑޮލަރުގައެވެ. އަދި އެ ޓީމުގެ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭގެ ޓްރާންސްފަރ ވެލިއު އުޅެނީ 190 މިލިއަން ޑޮލަރުގައެވެ.
މި ލިސްޓުގައި ދެން އޮތީ ސްޕެއިން 1.2 ބިލިއަން ޑޮލަރު، ޕޯޗުގަލް 1.15 ބިލިއަން ޑޮލަރު އަދި ޖާރމަނީ 1.02 ބިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު