ގަތަރުގައި ކުރިއަށްދާ މިއަހަރުގެ ވޯލްޑްކަޕްގައި، އިސްރާއީލުގެ މީޑިއާތަކަށް އަރަބިން ބީރު ކަންފަތެއް ދެމުންދާކަން މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އާންމުވަމުންދާ ވީޑިއޯ ފޫޓޭޖު ތަކުންނާއި، އިންޓަރވިއު ތަކުގެ ވީޑިއޯ ތަކުން ފެންނަގޮތުން، އިސްރާއީލަށް ނިސްބަތްވާ މީޑިއާއެއް އަދި ރިޕޯޓަރެއްކަން އެނގޭ ހިސާބުން، އަރަބި ގިނަ ބަޔަކު ދަނީ އެމީހުންނަށް ބީރުކަންފަތެއް ދެމުންނެވެ. އަދި އިޒްރާއީލުގެ ރިޕޯޓަރެއްކަމަށް ބުނެ ތަޢާރަފް ވުމާއެކު، އިޒްރާއީލު ކިޔާ ގައުމެއް ނޯންނަ ކަމަށާއި، އޮންނަނީ ފަލަސްތީނު ކިޔާ ގައުމެއް ކަމަށް ފުޓު ބޯޅަ ސަޕޯޓަރުން ބުނަމުންދެއެވެ.
އިޒްރާއީލުގެ ރިޕޯޓަރުން ބުނާ ގޮތުން، އަރަބި ސަޕޯޓަރުންނާ އިންޓަވިއު ކުރަން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ވަމުންދާކަމަށެވެ. ލުބުނާނު، ސައުދީ އަދި ޤަތަރަށް ނިސްބަތްވާ ސަޕޯޓަރުންނަށް އިޒްރާއީލުގެ މީޑިއާއެއްކަން އެނގޭއިރަށް ފަސްދީ ދުރަށްދާ ވާހަކަވެސް ރިޕޯޓަރުން ބުނެއެވެ. އަދި ބައެއް ރިޕޯޓަރުން ކައިރީ ސަޕޯޓަރުން އެއްވެ ފަލަސްތީނުގެ ދިދަ އުފުލާ އަޑުގަދަކޮށް ވާހަކަދައްކައި، ނަށާ، ލަވަކިޔާކަންވެސް ވަނީ ރިޕޯޓަރުން ފާހަގަކޮށްފައެވެ.
ފަލަސްތީނުގެ ބޮޑުބައެއް ހިސާރުކޮށް ވަޒަންވެރިކޮށްފައިވާ އިސްރާއީލަކީ ރަސްމީކޮށް ޤަތަރުން ބަލައިގަނެފައި ނުވާ ގައުމެކެވެ. ނަމަވެސް ވޯލްޑް ކަޕަށް އިޒްރާއީލުގެ، ޓެލް އަވީވް އިން ސީދާ ދަތުރު ކުރުމާއި، ލޮޖިސްޓިކްސް ބެލެހެއްޓުމަށް އިސްރާއީލުގެ ޑިޕްލޮމެޓުންގެ ވަފުދަކަށް ޤަތަރުން ވަނީ ހުއްދަ ދީފަ އެވެ.

It's Palestine, there's no Israel..."
— #SupportPalestine #BDS #Yemen #Kashmir #Assange (@ChristineJameis) November 22, 2022
A football fan responded to an Israeli reporter when he said that he is from 'Israel' during #FIFAWorldCup in Qatar. pic.twitter.com/SXp2T4uiAK
އިޒްރާއީލުގެ ރިޕޯޓަރުން ބުނާ ގޮތުން، އަރަބި ސަޕޯޓަރުންނާ އިންޓަވިއު ކުރަން ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ވަމުންދާކަމަށެވެ. ލުބުނާނު، ސައުދީ އަދި ޤަތަރަށް ނިސްބަތްވާ ސަޕޯޓަރުންނަށް އިޒްރާއީލުގެ މީޑިއާއެއްކަން އެނގޭއިރަށް ފަސްދީ ދުރަށްދާ ވާހަކަވެސް ރިޕޯޓަރުން ބުނެއެވެ. އަދި ބައެއް ރިޕޯޓަރުން ކައިރީ ސަޕޯޓަރުން އެއްވެ ފަލަސްތީނުގެ ދިދަ އުފުލާ އަޑުގަދަކޮށް ވާހަކަދައްކައި، ނަށާ، ލަވަކިޔާކަންވެސް ވަނީ ރިޕޯޓަރުން ފާހަގަކޮށްފައެވެ.
ފަލަސްތީނުގެ ބޮޑުބައެއް ހިސާރުކޮށް ވަޒަންވެރިކޮށްފައިވާ އިސްރާއީލަކީ ރަސްމީކޮށް ޤަތަރުން ބަލައިގަނެފައި ނުވާ ގައުމެކެވެ. ނަމަވެސް ވޯލްޑް ކަޕަށް އިޒްރާއީލުގެ، ޓެލް އަވީވް އިން ސީދާ ދަތުރު ކުރުމާއި، ލޮޖިސްޓިކްސް ބެލެހެއްޓުމަށް އިސްރާއީލުގެ ޑިޕްލޮމެޓުންގެ ވަފުދަކަށް ޤަތަރުން ވަނީ ހުއްދަ ދީފަ އެވެ.
ކިޔުންތެރިންގެ ހިޔާލު