ފީފާވޯލްޑްކަޕްގައި މިރޭ ޖަރުމަނު ވިލާތާއި ޖަޕާން ބައްދަލުކުރި މެޗު 2–1 ގެ ނަތީޖާއަކުން ޖަޕާން ކާމިޔާބު ކޮށްފިއެވެ.
މިރޭ ކުޅުނު މި މެޗުގައި ފުރަތަމަ މޮޅަށްކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލާފައިވަނީ ޖަރުމަނުންނެވެ. އެ ހަލާތަކުން އެއް ހަމަލާ ކާމިޔާބުކޮށް ޖަރުމަނުން ގޯލެއްވެސް ޖެހިއެވެ. ލިބުނު ޕެނަލްޓީއަކުން އެ ގޯލް ޖަހައިދިނީ އެ ޓީމްގެ އިލްކޭ ގުންޑުއާންއެވެ.
ފުރަތަމަ ހާފު ނިމިގެން ދިޔައީ އެނަތީޖާގައި ޖަރުމަނު ކުރީގައި އޮވެގެނެވެ.
ދެވަނަ ހާފްގައި ޖަޕާނުން ކުޅުން ރަނގަޅުކުރި އިރު އެޓީމުން ވަނީ މެޗުގެ 75 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޓްސޫ ޑޯއާންއެވެ.
މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ހަނި ދޭތެރެއަކުން ޖަޕާނުގެ ފޯވަޑް ޓަކޫމާ އަސާނޯ ފޮނުވާލި ޝޮޓް ގޯލުގެ ތެރެއަށް ވައްދާލާ، ހަތަރުފަހަރު ވޯލްޑްކަޕް ތަށި ހޯދާފައިވާ ޖަރުމަނުގެ މައްޗަށް ޖަޕާނުން ކުރި ހޯދިއެވެ.
މި މެޗުން މޮޅުވުން ޖަޕާނުގެ ކުޅުންތެރިންނާއި މުޅި ޓީމުވެސް ދަނޑުމަތީގައި ފާހަގަކުރީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު