ބޭންކޮށް ސަސްޕެންޑްކޮށްފައިވާ ޓްވިޓާ އެކައުންޓްތަކުގެ ސަސްޕެންޝަން އުވާލާ ބޭނުންކުރެވޭގޮތް ހަދަން މަސައްކަތްކުރަމުންދާކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޓްވިޓާގެ ވެރިޔާ އީލަން މާސްކް އިއުލާންކޮށްފިއެވެ.

އީލަން މަސްކް މިފަދަ ނިންމުމެއް ނިންމާފައިވަނީ މިކަމާ ބެހޭގޮތުން ޓްވިޓާގައި އާންމުކޮށް ނެގި ވޯޓަކަށް ބިނާކޮށެވެ. މިވޯޓުގައި 3 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، 70 އިންސައްތައަަށްވުރެ ގިނަ މީހުން ބޭނުންވީ ބޭންކޮށް ސަސްޕެންޑްކޮށްފައިވާ ޓްވިޓާ އެކައުންޓްތަކުގެ ސަސްޕެންޝަން އުވާލާ ބޭނުންކުރެވޭގޮތް ހަދާށެވެ.

އީލަން މަސްކް ވަނީ ހުސްވި ހަފްތާގައި ޓްވިޓާއިން ބޭން ކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓްގެ ސަސްޕެންޝަންވެސް އުވާލާފައެވެ. މިނިންމުންވެސް އީލަން ނިންމާފައިވަނީ އާންމުކޮށް ވޯޓަކަށް އެހުމަށްފަހުއެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޓްވިޓާއިން ބޭންކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޯލް އަށް ދިން ހަމަލާއާ ގުޅިގެންނެވެ.



މީގެ އިތުރުން ޓްވިޓާއިން ބޭން ކޮށްފައިވާ، ކެނެޑާގެ ޕޮޑްކާސްޓާ ޖޯޑަން ޕީޓާސަން، ބެބިލޯން ބީ، ކޮމެޑިއަން ކެތީ ގްރިފިން އަދި ރިޕަބްލިކަން މާޖޯރީ ޓޭލާ ގްރީން ފަދަ ކޮންޓްރޮވާޝަލް ބައެއް ފަރާތްތަކުގެ އެކައުންޓްތަކުގެ ސަސްޕެންޝަންވެސް މާސްކް ވަނީ މިހާރު އުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން