މޫސުމާ ބެހޭގޮތުން މުޒާހަރާކުރާ އެކްޓިވިސްޓުންތަކެއް، ޖަރުމަނުގެ ވެރިރަށް ބަރލިންގެ ބްރެންޑަންބާގް އެއާޕޯޓުގެ ރަންވޭ ބްލޮކްކޮށް ފްލައިޓުތަކަށް ހުރަސް އަޅައިފިއެވެ.

އެކްޓިވިސްޓުން އެއާޕޯޓުގެ ރަންވޭ ބްލޮކްކުރީ، ރަންވޭ މަތީ ތެރަސް އަޅައި ރަންވޭމަތީގައި އަމިއްލައަށް ތަތްވެގެންނެވެ. ބަރލިންގެ ފުލުހުން ހާމަކޮށްފައިވާގޮތުން އެމީހުން މުޒާހަރާ ކުރަމުންދިޔައީ އާންމުންނަށް ނުވަދެވޭ ސަރަހައްދެއްގައެވެ.

އަދި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރޭގައި އެކި އުމުރުފުރާގެ މީހުން ހިމެނޭއިރު، އުމުރުން 70 އަހަރުގެ ދުވަސްވީ މީހަކު ހިމެނޭކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. މީގެތެރެއިން ބަޔަކު ދިޔައީ ރަންވޭ މަތީ ބައިސްކަލު ދުއްވަމުން ކަމަށާއި، މިމުޒާހަރާގެ ސަބަބުން މުޅި އެއަރޕޯޓުގެ މަސައްކަތަށް ބުރޫ އަރައި، ފްލައިޓުތައް ނުޖެއްސި އެތައް އިރެއްވިކަމަށްވެއެވެ.

ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި މުޒާހަރާކުރަން އެއަރޕޯޓަށް ވަން މީހުން، ރަންވޭއަށް ވަނީ ވަޔަރ ފެންސެއް ހަލާކުކޮށްލައިގެނެވެ.

އެމީހުން ގޮވާލަމުން ދިޔައީ ވައިގެ މަގުން ދަތުރުކުރުން ހުއްޓާލުމަށެވެ. އަދި އެކަމަށް ސަބްސިޑީ ދިނުން ހުއްޓާލުމަށްވެސް ސަރުކާރަށް ގޮވާލަމުންދިޔައެވެ.

ލާސްޓް ޖެނެރޭޝަން ނަމަކަށް ކިޔާ މި އެކްޓިވިސްޓުންގެ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "މަތިން ދަތުރުކުރާ ފްލައިޓަކީ އާދައިގެ މީހުންނަށް ދަތުރުފަތުރު ކުރުމުގެ ވަސީލަތެއް ނޫންކަމަށާއި. އަދި ގާތްގަނޑަކަށް 80 އިންސައްތަ މީހުން ދުވަހަކުވެސް މަތިންދާ ބޯޓަކުން ދަތުރުކޮށްފައި ނުވާ" ކަމަށެވެ.



"ވައި ނުސާފު ކުރާ ގޭހުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ވައިގެ މަގުން ދަތުރުކުރާ ފްލައިޓުތަކުގެ ސަބަބުން ވައިގެ ތެރެއަށް ބޭރުވާ ގޭސް. ވީމާ މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ އާބާދީގައި ހިމެނޭ މުއްސަނދިން."

މިހަޅުތާލުގައި ބައިވެރިވި މީހުން މިހާރުވަނީ އެއަރޕޯޓުން ބޭރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން