އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ މެރުވާނާ، މީދާތަކެއް ކައިފިކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މަތޫރާ ޓައުންގެ ފުލުހުން ބުނީ އަތުލައިގަނެފައިވާ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ މެރުވާނާ، ގުދަނެއްގައި ރައްކާކޮށްފައި ހުއްޓާ 581 ކިލޯގެ މެރުވާނާ މީދާތަކެއް ކައިފައިވާ ކަމަށެވެ. ހައިރާން ކުރުވަނިވި އާދަޔާ ހިލާފު މިސްޓޭޓްމަންޓް ފުލުހުން ދީފައިވަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ މަސްތުވާ ތަކެއްޗާބެހޭ މައްސަލައެއްގައި، ފުލުހުން ހޯދި މަސްތުވާ ތަކެތި ހެކީގެ ގޮތުގައި ހުށައަޅަން އެންގުމުންނެވެ.

މިއާއެކު ކޯޓުގެ ގާޒީ ވަނީ މީދާތައް ނައްތާލުމަށާއި، ހަގީގަތުގައި ވެސް 60 ލައްކަ ރުޕީސް ނުވަތަ 73،474 ޑޮލަރުގެ އަގުހުރި 581 ކިލޯގެ މަސްތުވާތަކެތި، މީދާތައް ކެއިކަމުގެ ހެކި ހުށަހެޅުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.

މިއީ މިފަދަ ހާދިސާއެއް އިންޑިއާގެ އަވަށެއްގައި ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ އަތުލައިގަނެވޭ މަސްތުވާތަކެތި ނައްތާލެވެންދެން ރައްކާކުރެވޭނެ މާބޮޑު ގެރެންޓީއެއް ނޯންނަކަމަށާއި، އެއްފަހަރު މީދާ އެކައިފިއްޔާ، އަނެއްފަހަރަކު ވާނުވާ ނޭނގި މަސްތުވާއެއްޗެހި ގެއްލޭކަމަށް ބުނެފައެވެ.

"އަތުލައިގަނެވޭ މަސްތުވާތަކެތި ފުލުހުންގެ އިދާރާގައި ރައްކާކޮށް، މީދާތަކުން އެ ރައްކާތެރިކޮށްދޭނެ ވަކި ހާއްސަ ތަނެއް ނެތް،" އިންޑިއާގެ ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ތިމަންނަ

25-Nov-2022

ދެން ދުވަސް ކޮޅަކުން ރާއްޖޭގައިވެސް ތިޔަ ގޮތަށް ވުމަކީ ދުރުކަމެއް ނޫން



ޓްރެންޑިން