މި އަހަރުގެ ވޯލްޑްކަޕް ކުރިއަށްދާ ގައުމު ކަމަށްވާ ގަތަރު ވޯލްޑްކަޕުން ކަޓައިފިއެވެ.
ގަތަރު މުބާރާތުން ކެޓީ އެ ގައުމު ހިމެނޭ ގްރޫޕްގައި މިރޭ ނެދަލޭންޑާއި އިކްއެޑޯ ބައްދަލުކުރި މެޗް 1-1 އިން އެއްވަރުވުމާއި ގުޅިގެނެވެ. އެ ނަތީޖާގެ ސަބަބުން ގަތަރަށް ގްރޫޕްގެ ދެވަނަ ލިބެން އޮތް ހުރިހާ މަގެއް ވަނީ ބަންދުވެފައެވެ.
ގްރޫޕް އޭ ގައި ހިމެނޭ ނެދަލެންޑްސް އާއި އިކުއެޑޯ އަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ސެނެގާލް އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު ގަތަރަށް ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގަތަރުގައި ބާއްވާ މި އަހަރުގެ ވޯލްޑްކަޕަކީ އެ ގައުމަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ހާއްސަ މުބާރާތެކެވެ. މުބާރާތަށް އެ ގައުމުގެ ޓީމު ތައްޔާރުވެފައިވާއިރު އެއާއި އެއްވަރަށް މުޅި ގައުމުވެސް އޮތީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެފައެވެ.
މީގެކުރިން ކުޅުނު 22 ވޯލްޑް ކަޕްގައި މުބާރާތް ބާއްވާ ގައުމު ނުވަތަ ހޮސްޓް ނޭޝަން ފުރަތަމަ ކުޅުނު 22 މެޗުގެ ތެރެއިން 16 ޓީމެއް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އަދި 6 މެޗެއް ވަނީ އެއްވަރުވެފައެވެ. ނަމަވެސް މުބާރާތް ބާއްވާ ގައުމު ކުޅުނު ފުރަތަމަ މެޗުން ދުވަހަކުވެސް ބަލިވެފައެއް ނެތެވެ. އެހެންކަމުން އެތައް އުއްމީދުތަކަކާއެކު ވޯލްޑް ކަޕަށް ތައްޔާރުވި ގަތަރު މުބާރާތް ފެށީވެސް ހިތްދަތިކަމާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު