އޮސްޓްރޭލިއާގައި ކުޑަކުއްޖަކަށް 10 ފޫޓުގެ ހަރުފައެއް ހަމަލާ ދީފިއެވެ.

މިހާދިސާގައި ފަސް އަހަރުގެ ކުޑަކުއްޖާގެ ގައިގާ 10 ފޫޓުގެ ޕައިތޮން އެއް ދަތް އަޅާފައިވަނީ ގޭގެ ބޭރުގައި އޮތް ސްވިމިންގ ޕޫލް ކައިރީގައި ކުޅެން ހުއްޓައެވެ.



އެގޮތުން ހަރުފަ އެކުޑަ ކުއްޖާގެ ފައިގައި ދަތް އަޅައި ޕޫލަށް ވައްޓާލިކަމަށްވެއެވެ. ހަރުފައިގެ ކިބައިން ސަލާމަތްވުމަށް ރޮމުންދިޔަ ކުޑަކުއްޖާ ސަލާމަތް ކުރުމަށް އަވަސްވެގަތީ ކުޑަކުއްޖާގެ ކާފައެވެ. އުމުރުން 76 އަހަރުގެ އެލަން ނަމަކަަށް ކިޔާ މިމީހާ ޕޫލަށް ފުއްމާލައި ހަރުފަގެ މަޅީގައި ބެދިފައި އޮތް ކާފަ ދަރިފުޅު ޕޫލުން ބޭރުކުރުމަށް މަސައްކަތްކުރިއެވެ.

އެއަށްފަހު އެ ކުއްޖާގެ ބައްޕަ ވަނީ ހަރުފަ ފިއްތާލާ، ހަރުފައިގެ ކިބައިން ދަރިފުޅު ސަލާމަތް ކުރަން މަސައްކަތްކޮށްފައެވެ.

ކުއްޖާގެ ކާފައާއި ބައްޕަގެ އެހީތެރިކަމާއެކު ފަސް އަހަރުގެ ބްލޭކް ހަރުފައިގެ ކިބައިން ސަލާމަތްވީ މާބޮަޑެތި އަނިޔާތަކެއް ނުލިބިއެވެ. އަދި ޕައިތޮން އަކީ ވިހަގަދަ ހަރުފަޔަކަށް ނުވާތީ ބްލޭކްގެ ފުރާނައަށް ގެއްލުމެއް ނެތްކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ތަފާތު ވައްތަރުގެ، ހަރުފަ، ސްޕައިޑާ އަދި އެކިކަހަލަ ސޫފީގެ އެފަދަ ހަމަލާތަށް އާންމުންނަށް އަމާޒުވުމަކީ އޮސްޓްރޭލިއާގައި އާންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން