ވައިގެ މަގުން ލަންކާއަށް ދަތުރުކުރާ މީހުންނަށް މާގިނައިން ރަނުގެ ގަހަނާ އެޅުން މަނާ ކުރުމަަށް ސްރީލަންކާއިން ނިންމައިފިއެވެ.
އެގޮތުން ސްރީލަންކާ ސަރުކާރުން އިއުލާންކޮށްފަައިވާގޮތުގައި ވައިގެ މަގުން ދަތުރުކުރާ މީހުންނަށް 22 ކެރެޓަށް ވުރެ ގިނައިން ރަނުގެ ގަހަނާ އަޅައިގެން ދަތުރުނުކުރެވޭނެއެވެ. އަދި މިފަދަ ނިންމުމެއް ނިންމާފައިވަނީ ރަން ސްމަގްލް ކުރުން ހުއްޓުވުމަށްކަމަށް ލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ފިނޭސް ވިދާޅުވެފައިވެއެވެ.
ގިނައިން ރަނުގެ ގަހަނާ އާއެކު ދަތުރު ކުރާ މީހުންގެ ތެރެއިން ގިނަބަޔަކީ ރަން ސްމަގަލް ކުރާ މީހުންކަމަށް މީގެ ކުރިން ލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ފިނޭސް ރަންޖީތު ތުހުމަތުކުރައްވާފައިވެއެވެ. އަދި މިކަން ގިނަ ބަޔަކު ކުރަނީ ވިޔަފާރިއެއްގެގޮތުގައި ކަމަށްވެއެވެ.
ރަން ސްމަގަލް ކުރާ މީހުންގެ ސަބަބުން މަހެއްގެ މައްޗަށް 30 މިލިއަން ޑޮލަރުގެ ގެއްލުންވާކަމަށްވެސް މީގެ ކުރިން ސްޓޭޓް މިނިސްޓަރ ރަންޖީތު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު