ވާރލްޑްކަޕުގެ ގުރޫޕް ސްޓޭޖުގައި މިރޭ ފްރާންސް އާއި ޑެންމާކު ބައްދަލުކުރި މެޗު 2 – 1 އިން ފްރާންސް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ގަތަރުގެ ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މެޗުގައި ފްރާންސްގެ ދެ ގޯލް ވެސް ޖަހައިދީފައިވަނީ ކިލިއަން އެމްބާއްޕޭއެވެ.
ދެޓީމުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ފްރާންސްގެ ފުރަތަމަ ގޯލް ޖެހީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ނަމަވެސް، ފްރާންސް އިން ހަމަޖެހިނުލައި އުޅެނިކޮށް އޭގެ 7 މިނެޓުފަހުން ޑެންމާކުން ގޯލެއްޖަހައި ސްކޯ ހަމަހަމަ ކުރިއެވެ. ޑެންމާކުގެ ހަމައެކަނި ގޯލް ޖާމިޔާބު ކޮށްދިނީ އެ ޓީމްގެ ކްރިސްޓެންސަންއެވެ.
މެޗު ނިމެން ދަނިކޮށް ފްރާންސުން މެޗުގެ ނަތީޖާ ބަދަލު ކޮށްލީ 86 ވަނަ މިނަޓުގައި އެމްބާއްޕޭ ޖަހައިދިން ދެވަނަ ގޯލުންނެވެ.
އެމްބާޕޭއަކީ މިދިޔަ ވޯލްޑްކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ.
މިރޭގެ ނަތީޖާއާއެކު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ފްރާންސް މިވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ. އެގޮތުން ހަ ޕޮއިންޓާއެކު ފްރާންސް އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އޮސްޓްރޭލިއާއެވެ. ތިންވަނައިގައި ޑެންމާކު އޮތް އިރު، ހަތަރުވަނައަށް އެންމެ ފުލުގައި އޮތީ ޓިއުނީޝިއާއެވެ.

ކިޔުންތެރިންގެ ހިޔާލު