ބެލާރުސްގެ ފޮރިން މިނިސްޓަރ ވްލާޑިމީރް މަކެއި ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ.
ފޮރިން މިނިސްޓަރ ވްލާޑިމީރް ކުއްލި ގޮތަކަށް އަވަހާރަވި ހަބަރު އާންމުކުރީ ބެލާރުސްގެ ސްޓޭޓް މީޑިއާއިންނެވެ. ނަމަވެސް މިނިސްޓަރ އަވަހާރަވި ސަބަބު އާންމުކޮށްފައެއް ނުވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުން މިނިސްޓަރ އަވަހާރަވުމުގެ ކުރިން އެއްވެސް ބަލިމަޑުކަމެއް ތަހައްމަލު ކުރަމުން ދިޔަ ކަމެއް އާންމުކޮށް އެނގިފައެއް ނުވެއެވެ. އަދި މިނިސްޓަރ ވަނީ ހުސްވި ހަފްތާގައި އާމީނިއާގައި އޮތް ކޮންފަރެންސެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
އުމުރުފުޅުން 64 އަހަރު މިނިސްޓަރ ވްލާޑިމީރް އަވަހާރަވިއިރު ބެލާރުސްގެ ފޮރިން މިނިސްޓަރ ކަމުގެ މަގާމުގައި ހުންނަވާތާ ދިހަ ވަރަކަށް އަހަރު ވެދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އެމަނިކުފާނު ބެލާރުސްގެ ފޮރިން މިނިސްޓަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2012 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު