މިހާރު ކުރިއަށްދާ ފީފާވޯލްޑްކަޕްގައި މިރޭ ބެލްޖިއަމާއި މޮރޮކޯ ބައްދަލުކުރި މެޗުން ބެލްޖިއަމް ބަލިވުމާ ގުޅިގެން ބެލްޖިއަމްގެ ސަޕޯޓަރުންތަކެއް ހަމަނުޖެހުން ހިންގައިފިއެވެ.

ސައުދީ ގެޒެޓުން ވެސް އާންމު ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބެލްޖިއަމް ޓީމް ބަލިވުމާއި ގުޅިގެން އެ ގައުމުގެ ސަޕޯޓަރުންތަކެއް ބެލްޖިއަމްގެ ވެރިރަށް ބްރޫސަލްސްގައި ދަނީ ހަމަނުޖެހުންތަކެއް އުފައްދަމުންނެވެ.

އެގޮތުން، އެއްވެތިބި މީހުން މަގުމަތީގައި ހުރި ބައެއް ކާރުފަދަ ތަކެއްޗަށް ގެއްލުން ދެމުންދާކަން ފާހަގަ ކުރެވެއެވެ. ވީޑިއޯއިން ފެންނަގޮތުގައި އެ ސަރަހައްދުވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ. ވީޑިއޯ ނެގުމުގެ ކުރިންވެސް އެ ތަނުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާކަމަށް ބެލެވެއެވެ.



ގުރޫޕް ސްޓޭޖުގައި މިހާރު ކުރިއަށްދާ މެޗުތަކުގައި ބެލްޖިއަމް ފުރަތަމަ ބައްދަލުކުރީ ކެނެޑާއާއެވެ. އެ މެޗު ބެލްޖިއަމުންވަނީ ކާމިޔާބު ކޮށްފައެވެ. އެ ހިތްހަމަޖެހުމާއިއެކު މިރޭ މޮރޮކޯއާއި ދެކޮޅަށް އެ ޓީމް ނުކުތް ނަމަވެސް، މޮރޮކޯއަތުން 2 – 0 އިން ބަލިވެ ދެވަނަ ބުރަށް ދިއުމަށް މިހާރު މިވަނީ ޕްރެޝަރާއި ކުރިމަތި ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން