ފީފާވޯލްޑްކަޕްގައި މިރޭ ސްޕޭންއާއި ޖަރުމަނު ބައްދަލުކުރި މެޗު 1 - 1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މެޗު ފަށައިގެން އެންމެ ފުރަތަމަވެސް ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔައީ ސްޕޭނުންނެވެ.

ނަމަވެސް، ޖަރުމަނުން ވަނީ ނެގި ހުރަހަކުން ގޯލަށް ބޯޅައެއް ވައްދާލާފައެވެ. ނަމަވެސް، ވީއޭއާރުން ނިންމީ އެއީ އޮފްސައިޑް ބޯޅައެއް ކަމަށެވެ.

ވާދަވެރިކޮށް ކުޅެ ފުރަތަމަ ހާފު ނިންމާލީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފު ފަށައިގެންވެސް ގޯލެއް ނުޖެހި ވަގުތުތަކެއް ދިޔުމަށްފަހު، މެޗުގެ 62 ވަނަ މިނެޓުގައި ސްޕޭންއިން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މޮރާޓާއެވެ.

މޮރާޓާގެ ގޯލަށްފަހު ވެސް ސްޕޭން އިން ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނިކްލަސް 83 ވަނަ މިނެޓްގެ ތެރޭގައި ވަނީ ޖަރުމަނަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ.

މި ނަތީޖާ ނުކުތްނަމަވެސް، ގްރޫޕް އީ ގައި ސްޕޭން އަދިވެސް އޮތީ އެއްވަނައިގައެވެ. އަދި ޖަރުމަނު އޮތީ އަދިވެސް ޓޭބަލްގެ ފުލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން