ފީފާ ވޯލްޑްކަޕްގައި މިރޭ ގާނާ އާއި ދެކުނު ކޮރެއާ ކުޅުނު މެޗު ގާނާއިން ކާމިޔާބު ކޮށްފިއެވެ.
މި މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީވެސް ގާނާ ޓީމުންނެވެ. އެ ޓީމުން 24 ވަނަ މިނެޓުގައި ޖެހި ގޯލް ޖަހައިދިނީ މުޙައްމަދު ސަލިސޫއެވެ. އަދި ދެވަނަ ގޯލް ޖަހައިދީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ގާނާއަށް ލީޑު ފުޅާ ކޮށްދިނީ މުޙައްމަދު ކުޑޫސްއެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ އެޓޭކިން ކުޅުމެކެވެ.
ފުރަތަމަ ހާފުގައި ކޮރެއާ ބަލިވެފައި އޮތްނަމަވެސް، ދެވަނަ ހާފުގައި ކޮރެއާއިންވަނީ ކައިރިކައިރީގައި ދެ ގޯލް ޖަހައި އެއްވަރު ކޮށްފައެވެ. 58 ވަނަ މިނެޓާއި 61 ވަނަ މިނެޓުގައި މި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖޯ ގުއެ-ސުން އެވެ.
ކޮރެއާއިން އެއްވަރު ކުރިނަމަވެސް، ގާނާއިން ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން 68 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ކުޑޫސް ވަނީ ގާނާއަށް އަލުން ލީޑު ނަގައިދީފައެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އުރުގުއޭއާ ވާދަކޮށް ދެކުނު ކޮރެއާ ވީ އެއްވަރެވެ. އެހެންކަމުން މިއަދުގެ މެޗުން ބަލިވުމުން ގްރޫޕުގެ ފަހު މެޗުގައި ދެކުނު ކޮރެއާ ކުޅެންޖެހޭ ޕޯޗުގަލް މެޗުން މޮޅުވުން ނޫންގޮތެއް ކޮރެއާއަށް މިހާރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު