މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭ އިން ނެދަލެންޑްސްއާއި ސެނެގޯލް ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.
ސެނެގޯލް ދެވަނަ ބުރު ކަށަވަރު ކުރީ މިރޭ އިކުއެޑޯ އާއިއެކު ކުޅެ 2 – 1 އިން މެޗު ކާމިޔާބު ކޮށްގެނެވެ. އަދި ނެދަލެންޑްސް ދެވަނަ ބުރަށް ދަތުރުކުރީ މިރޭ ގަތަރުގެ މައްޗަށް 2 – 0 އިން ކުރި ހޯދައިގެން ލިބުނު ހަތް ޕޮއިންޓާއެކު މިހާތަނަށް ގުރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ސެނެގާލް ދެވަނަ ބުރަށް ދިޔައީ 6 ޕޮއިންޓާއެކުއެވެ.
މިރޭ ނެދަލެންޑްސްއާއި މުބާރާތް ބާއްވާ ގަތަރު ކުޅުނު މެޗުގައި މޮޅަށްކުޅެފައިވަނީ ނެދަލޭންޑްސް އިންނެވެ. މެޗުގެ ފުރަތަމަ ގޯލް 26 ވަނަ މިނެޓުގައި ޖަހައިގެން އެޓީމަށް ލީޑް ހޯދައިދިނީ ކޯޑީ ގަކްޕޯ އެވެ. ނެދަލޭންޑްސްގެ ދެވަނަ ގޯލް ޖަހައިދިނީ ދެވަނަ ހާފުގައި ފްރޭންކި ޑި ޔޮން އެވެ.
މިރޭގެ ދެވަނަ މެޗުގައި ކުރިއަށްޖެހި ކުޅެ ސެނެގާލުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. ލިބުނު ޕެނަލްޓީއަކުން އެ ގޯލް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ.
ނަމަވެސް، ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި އިކުއެޑޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މޮއިސެސް ކައިސީޑޯއެވެ. އެ ނަތީޖާގައި މާގިނައިރު ނޯވެ މެޗުގެ 70 ވަނަ މިނެޓުގައި ސެނެގޯލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ކަލިދޫ ކުލިބާލީ އެވެ.

ކިޔުންތެރިންގެ ހިޔާލު