ވޯލްޑް ކަޕްގެ މަޝްރޫއުތަކުގައި 500 އެއްހާ މަސައްކަތްތެރިން މަރުވެފައިވާކަމަށް ޤަތަރުން ހާމަކޮށްފިއެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެކި މަޝްރޫޢުތަކުގައި ހަރަކާތްތެރިވި ބޭރުގައުމުތަކުގެ ގިނަ ފަރާތްތަކެއް މަރުވުމުގެ މައްސަލަ ފެންމަތިވެ މިއަހަރުގެ ވޯލްޑްކަޕް ބޮއިކޮޓް ކުރަންވެސް ގިނަބަޔަކު ގޮވާލާފައިވެއެވެ.

މިމައްސަލައާއި ބެހޭގޮތުން ވާހަކަ ދައްކަމުން، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެކި މަޝްރޫޢުތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އޯގަނައިޒޭޝަނަކާއި ހަވާލާދީ ސުޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން އަލް ތަވާދީ ވިދާޅުވީ، މިމަޝްރޫޢުތައް ހިންގުމުގައި އުޅުނު ބޭރުގައުމުތަކުގެ ގިނަ ފަރާތްތަކެއްގެ ތެރެއިިން އެކި ހާދިސާ ތަކުގައި 400 އާއި 500 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާކަމަށެވެ.

"400 އާއި 500 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވޭ. ސީދާ އަދަދެއް އަދި ދަންނަަވާކަށް ނޭނގޭ. މިކަމަކީ އަދިވެސް މަޝްވަރާ ކުރަމުންދާ ކަމެއް،" ތަވާދީ ވިދާޅުވިއެވެ.

"އެއްމެ މަރަކީވެސް ކުޑަކަމެއް ނޫން. ކޮންމެ އަހަރަކު ވެސް ސައިޓްތަކުގައި ހެލްތު އެންޑް ސޭފްޓީ މިންގަނޑު ރަނގަޅުވަމުން އަންނަނީ. ހަމަގައިމުވެސް ވޯލްޑް ކަޕް ސައިޓްތަކުގައި މިކަންކަން ރަނގަޅުވަމުން ދިޔަކަން ޓްރޭޑް ޔޫނިއަންތަކުން ފާހަގަކޮށްފައިވޭ،" ތަވާދީ ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމެއްގެ ގޮތުގައި ޤަތަރު ހޮވި ފަހުން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން އަމާޒުވެފައި ވަނީ ގަތަރުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާމެދު އަމަލުކުރާ ގޮތުގެ މައްޗަށެވެ. އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ވޯލްޑްކަޕް ދަނޑުތައް އެޅުމުގެ ތެރޭގައި 15،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ ނޫސް، ގާޑިއަނުން ވަނީ ޤަތަރުގައި ވޯލްޑްކަޕަަށް ތައްޔާރުވުމުގެ މަޝްރޫޢުތަކުގައި ހަރަކާތްތެރިވި އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން 6،500 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ރުޅިގަދަ

03-Dec-2022

ގަތަރުގެ ވޯލްޑް ކަޕް ފްރޮޖެކް ނޫނަސް ދުނިޔޭގެ އެހެނިހެން ބޮޑެތި ޕުރޮޖެކްޓު ތައް ކުރިއަށް ދާއިރުވެސް މީހުން މަރުވެ އަދި މަރަން ވެސް މަރާ . މައްސަލައަކީ އިސްލާމީ ގައުމުތަކާ ދެކޮޅަށް އުފައްދާ ފަދަ



ޓްރެންޑިން