ފީފާ ވޯލްޑްކަޕްގައި ގުރޫޕު އެފުން ދެވަނަ ބުރަށް ދާ ޓީމްތައް ޔަގީންވެއްޖެއެވެ.

މިރޭ އެއްވަގުތެއްގައި ކުޅުނު، އުރުގުއާއޭ، ގާނާ އަދި ޕޯޗުގަލް، ސައުތު ކޮރެއާގެ މެޗު ވެގެންދިޔައީ ގިނަ ބަޔަކު ނޭވާ ހިފަހައްޓާލަން ޖެހުނު ދެ މެޗަށެވެ.

އުރުގުއާއޭ 2–0 އިން ގާނާ އަތުން މޮޅުވި ނަމަވެސް، ދެން ކުޅުނު ޕޯޗުގަލާއި ކޮރެއާ މެޗުން ކޮރެއާ މޮޅުވުމާއި ގުޅިގެން އުރުގުއާއޭ ޖެހުނީ ގޯލްގެ ތަފާތުން ކޮރެއާގެ މައްޗަށް ކުރި ނުހޯދި މުބާރާތާއި އަލްވަދާއު ކިޔާށެވެ.

ހަމަ އެގޮތަށް، ކޮރެއާއަށް ވެސް މިރޭގެ މެޗު ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ޕޯޗުގަލް ދެވަނަ ބުރަށް ގޮސްފައި އޮތްނަމަވެސް، ކޮރެއާއިން އެ މެޗުން މޮޅުވީ ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްގެނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 6 މިނެޓުގެ ތެރޭގައި ގޯލެއް ކާމިޔާބުކޮށް ކޮރެއާއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދީ 2–1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާގައި މެޗު ނިމުނު ނަމަވެސް، ކޮރެއާ ޓީމުން ޖެހުނީ، އުރުގުއޭ އާއި ގާނާ ކުޅުނު މެޗު ނިމެންދެން ނޭވާ ހިފަހައްޓައިކައިގެން މަޑުކުރާށެވެ. އުރުގުއާއޭއިން އެންމެ ފަހުވަގުތާ ޖެހެންދެންވެސް ލީޑު ފުޅާ ކުރެވޭތޯ ބެލިއެވެ. ނަމަވެސް، މެޗު ނިމިގެން ދިޔައީ، މަޝްހޫރު ފޯވާޑް ލުއިޒް ޝުއަރޭޒްގެ ޓީމު މުބާރާތުން ކަޓައިގެންނެވެ.

ޕޯޗުގަލް ގުރޫޕްގެ 1 ވަނައިގައި ދެވަނަ ބުރަށް ދިޔައިރު ކޮރެއާ ދެވަނަ ބުރަށް ދިޔައީ ގުރޫޕްގެ ދެވަނައިގައި އޮވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން