މި އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސް އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެ ޓީމް ކުއާޓާ ފައިނަލުން ޖާގަހޯދީ މިރޭ އެމެރިކާއާއި ދެކޮޅަށް ކުޅުނު މެޗު 3 – 1 އިން ކާމިޔާބު ކޮށްގެންނެވެ.
ނެދަލޭންޑްސްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނެޓުތެރޭ ޑަމްފްރީސް އޭރިއާގެ ކަނާތްފަރާތުން ޑިޕާއީއަށް ނަގައިދިން ބޯޅަ، ގޯލަށް ވައްދާލައިގެނެވެ.
އެމެރިކާއިން މެޗުގައި ރަނގަޅަށް ކުޅެމުންދަނިކޮށް ނެދަލޭންޑްސުން ގޯލް ޖެހުމުން މެޗުގެ އޮއިވަރު ބަދަލުވެ ނެދަލޭންޑްސުން މެޗު ޑޮމިނޭޓު ކުރަންފެށިއެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ނެދަލޭންޑުން ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. މި ގޯލް ޖަހައިދިނީ ބްލިންޑް އެވެ.
އެމެރިކާއިން ވަރަށް ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް ނެދަލެންޑްސް ފުރަތަމަ ހާފް ނިންމާލީ މެޗުގެ ފުރިހަމަ ކޮންޓްރޯލާއި އެކީގައެވެ.
ދެވަނަ ހާފުގައި އެމެރިކާއިން ވަނީ ގޯލެއް ޖަހާ އުންމީދު އާކޮށްފައެވެ. އެ ގޯލް ޖަހައިދިނީ އެމެރިކާ ޓީމްގެ ރައިޓްއެވެ. ނަމަވެސް އެ އުންމީދު ފެނަށް ދިޔައީ މެޗުގެ 83 ވަނަ މިނެޓުގައި ނެދަލޭންޑުން ތިންވަނަ ގޯލް ޖެހުމުންނެވެ. މިއީ ބްލިންޑް ނަގައިދިން ރީތި ހުރަހަކުން ޑަމްފްރީސް ޖަހައިދިން ގޯލެކެވެ.
މި ނަތިޖާއާއިއެކު ނެދަލޭންޑް ވެފައި މިވަނީ މިފަހަރުގެ ވޯލްޑްކަޕްގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަށެވެ.

ކިޔުންތެރިންގެ ހިޔާލު