އިރާނުގައި މުޒާހަރާ ކުރި ފަސް މީހަކަށް މަރުގެ ހުކުމް އިއްވައިފިއެވެ.

މި ފަސް މީހުންނަށް މަރުގެ ހުކުމް އިއްވާފައިވަނީ އީރާނުގައިި ހަރުކަށި ދީނީ ގަވާއިދުތައް ތަންފީޒުކުރާ ފުލުހުންގެ މެމްބަރަކު މަރާލި ކަމަށް ތުހުމަތުކޮށެވެ. އެގޮތުން ފަސް މީހަކަށް މަރުގެ ހުކުމް އިއްވި އިރު އިތުރު 11 މީހަކަށް ޖަލު ހުކުމް އިއްވާފައިވެއެވެ.

މި 13 މީހުންނާއި އެކު ތިން ކުޑަކުއްޖަކަށްވެސް ހުކުމް އިއްވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުހުމަތު ކުރެވޭ މަރުގެ ހާދިސާ ހިނގާފައި ވަނީ ނޮވެމްބަރު 12 ވަނަ ދުވަހު ތެހެރާން ކައިރީގައި އޮންނަ ކަރާޖްގައެވެ. އަދި އެމީހާ މަރާލައިފައިވަނީ ވަޅިންނާއި ގަލުން ހަމަލާދީގެން ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

މި ހުކުމް އިއްވާފައި މިވަނީ އީރާނުގެ ސަލާމަތީ ބާރުތަކުން ކުރާ އަނިޔާވެރިކަމާއި، ސަރުކާރު ހިންގާ ގޮތާއި ދެކޮޅަށް މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މެދުނުކެނޑި ތިން ވަނަ މަހު ކުރިއަށްދާ މި މުޒާހަރާތައް ފެށުނީ އީރާނުގައި ހަރުކަށި ހެދުން އެޅުމުގެ އުސޫލާ ހިލާފުވެގެން ބަންދުކޮށްފައި ހުރި އުމުރުން 22 އަހަރުގެ މަހްސާ އަމީނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން