ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ގަދަފަދަ ބްރެޒިލް ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ގިނަވަގުތު ކުޅެ ގޯލަށް ނުރައްކާ ކުރަމުން ދިޔައީ ވެސް ބްރެޒިލުންނެވެ. ކޮރެއޭޝިއާ އިން ވެސް ދިޔައީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ.
މެޗަކީ ކޮންމެހެންވެސް ނަތީޖާ ނެރެންޖެހޭ މެޗެއްކަމުން އިތުރުވަގުތުގެ ދެ ހާފު ކުޅެންފަށައި ބްރެޒިލްގެ ނޭމާ ވަނީ ވަރަށް ރީތި ގޯލެއް ޖަހައިދީ ލީޑު ނަގައިދީފައެވެ. އެ ގޯލާއިއެކު ބްރެޒިލުން ހިންދެމިނުލާ އުޅެނިކޮށް ކްރޮއޭޝިއާއިން ވެސް ގޯލެއް ކާމިޔާބު ކުރިއެވެ. އެ ހިސާބުން މުޅި މެޗުގެ އޮއިވަރު ބަދަލުވެ ބްރެޒިލަށް ހާސްކަން ކުރިމަތި ކުރުވިއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުން ނިމިގެންދިޔައީ 1_1 ގެ ނަތީޖާގައި އޮވެގެންނެވެ.
މިހާހިސާބުން ދެން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ވައްދާލައިގެން ސެމީގެ ފުރަތަމަ ޖާގަ ކްރޮއޭޝިޔާއިން ކަށަވަރު ކުރިއެވެ. ބްރެޒިލަށް ވައްދާލެވުނީ ދެ ޕެނަލްޓީއެވެ.
މިއާއިއެކު ބްރެޒިލް މިވަނީ މުބާރާތުން ވަކިވެ ގައުމަށް އެނބުރި ދާންޖެހިފައެވެ. އަދި އެންމެފަހުގެ ރަނަރަޕް ޓީމް މިވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. ސެމީ ފައިނަލްގައި ކްރޮއޭޝިއާ ކުޅެންޖެހޭނީ މިރޭ އާޖެންޓީނާއާއި ނެދަލޭންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

ކިޔުންތެރިންގެ ހިޔާލު