އަހުމަދު މަސްނޫމް   10 ޑިސެމްބަރު 2022 - 20:12
އާރޖެންޓީނާގެ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕްގައި ކުރިއަށްދިއުމަށް ހިތްވަރު ދެނީ އެ ޓީމުގެ ކުރީގެ ތަރި، އަދި މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރެޑޯނާކަމަށް އާރޖެންޓީނާގެ ކެޕްޓަން ލިއޯނޮލް މެސީ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލުގައި ފޯރިގަދަ ކުޅުމަކަށްފަހު އާރޖެންޓީނާގެ ވަނީ ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ރޭގެ މެޗުން މޮޅުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން މެސީ ބުނީ މުބާރާތުގައި ކުރިއަށްދިއުމަށް އާޖެންޓީނާގެ ޓީމަށް ބާރު ލިބެނީ އެ ޓީމުގެ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ ހިތްވަރުންކަމަށެވެ. އަދި އެކަން އެގޮތުގައި ކުރިއަށްގޮސް ކާމިޔާބު ހޯދޭނެކަމަށްވެސް މެސީ ބުންޏެވެ.

"އަހަރުމެން ކުޅޭ ތަން މެރެޑޯނާ ބަލާނެ، ޓީމާއެކު ހުރެގެން އަހަރުމެން ކުރިއަށްދާން އެނާ ބާރު އަޅާ ހެން ހިވާކަހަލަ" 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހު މަރުވި މެރެޑޯނާއާ ބެހޭގޮތުން މެސީ ބުންޏެވެ.



ފުޓްބޯޅައިގައި ވޯލްޑް ކަޕް ހޯދުން ފިޔަވައި ހުރިހާ ކާމިޔާބީއެއް މެސީ ހޯދާފައިވާއިރު، މިއީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދަން އޭނާއަށް ލިބޭނެ ފަހު ފުރުސަތަށްވެސް ވެދާނެއެވެ. އެއީ މި ވޯލްޑް ކަޕަށްފަހު އުމުރުން 34 އަހަރުގެ މެސީ އިތުރު ވޯލްޑް ކަޕަކުން ނުފެނިދާނެތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން