ފީފާ ވޯލްޑްކަޕްގައި ސެމީ ފައިނަލްގައި ކޮރެއޭޝިއާ ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އާޖެންޓީނާ ފައިނަލަށް ދަތުރު ކޮށްފައިވަނީ މިރޭ ކުޅުނު މެޗު 3 - 0 އިން ކާމިޔާބު ކޮށްގެނެވެ.

މެޗުގައި ފުރަތަމަ ދެ ގޯލް އާޖެންޓީނާ އިން ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެއީ ލިބުނު ޕެނަލްޓީއަކުން މެސީ ޖަހައިދިން ގޯލަކާއި، ޖޫލިއާ އަލްވަރޭސް ޖަހައިދިން ގޯލެކެވެ.

އެ ޓީމުން 3 ވަނަ ގޯލް ޖެހީ މެސީ ދިން ރީތި ހުރަހަކުން އަލްވަރޭސްއެވެ.

މި ނަތީޖާއާއިއެކު އާޖެންޓީނާއިން މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން