އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީ މުވައްޒަފުންތަކެއް ފްލައިޓެއް ޗާޓަރ ކޮށްގެން ފުރުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށައިފިއެވެ.
ހަމަނުޖެހުންތަކެއްގެ މެދުތެރެއިން އަވަސް އަރުވާލައިގެން ބިދޭސީ މުވައްޒަފުންތަކެއް އަނބުރާ ފޮނުވާލި މައްސަލަ އެ ކޮމިޓީއަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހުށަހެޅީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންނެވެ. މިމައްސަލައިގައި މީގެ ކުރިންވެސް އަމިއްލަ ފަރާތަކުން އެ ކޮމިޓީއަށް މައުލޫމާތު ތަކެއް ދީފައި ވެއެވެ. ނަމަވެސް އެމައުލޫމާތު ދިން ބައްދަލުވުމުގެ އޯޑިއޯ މަޖިލީހުގެ ޔޫޓިއުބް ޗެނަލަށް ލިތާ މާގިނައިރު ތަކެއް ނުވެ އަލުން ވަނީ ޗެނަލުން ނަގާފައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެ ކޮމިޓީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ މައްސަލައިގައި ޤައުމަށް ފޮނުވާލި މަސައްކަތްތެރިންގެ ހައްގުތައް ގެއްލިފައިވާކަމަށް ލިބިފައިވާ މައުލޫމާތުތަކާއި މީޑިއާ ރިޕޯޓުތަކަށް ބަލާއިރު ހާމަވާ ކަމަށެވެ. އަދި އެ މަސައްކަތު މީހުން ރާއްޖެ ގެނެސް ވަޒީފާ ދިނުމުގައި ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާފައިވޭތޯ އާއި ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރު ހުއްޓާލައި، ހުރިހާ ގައުމުތަކެއް ލޮކްޑައުންގައި އޮތް ދަނޑިވަޅެއްގައި އެހާ އަވަހަށް އެ މީހުން ފުރުވައިލެވުނު ގޮތް ބަލައި ދިނުމަށް އެދިފައިވެއެވެ.
އަދި އެކަމުގައި ސަރުކާރުގެ ބަޔަކު ބައިވެރިވެ ކޮރަޕްޝަންގެ އަމަލެއް ހިންގިތޯ ބަލައިދޭން އެދިފައިވާއިރު ބުނެފައިވަނީ އެފަދަ ތުހުމަތުތަކެއް އެބަހުރި ކަމަށެވެ.
އައިމާއިން ފުރުވާލާފައިވަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ 400 އެއްހާ މުވައްޒަފުންނެވެ. އެމީހުން ފުރުވާލީ ދޭން ޖެހޭ ހުރިހާ މުސާރައާއި އިނާޔަތްތައް ދިނުމަށް ފަހު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެމީހުންނަކީ އައިމާއިން ކޮންޓްރެކްޓަށް ނަގައިގެން އުޅުނު ދެ ރިސޯޓެއް ހަދަމުންދިޔަ މީހުންނެވެ. އެމީހުން ވަނީ އައިމާގެ މެނޭޖްމަންޓާއި ހިތްހަމަ ނުޖެހިގެން ހަދަމުންދިޔަ ރިސޯޓުތަކުގެ ތަންތަނަށް ގެއްލުން ދީ ހަމަނުޖެހުން ހިންގާފައެވެ.
"އައިމާގެ މެނޭޖުމެންޓުން އެ ފަރާތްތަކުގެ އެމްޕްލޯޔާގެ ގޮތުގައި އަދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ޑިއުޓީ އޮފް ކެއާއެއް އެބަ އޮންނަން ޖެހޭ މި ފަރާތްތަކަށް. މި ޑިއުޓީ އޮފް ކެއާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ، އައިމާ މެނޭޖުމެންޓުން ވެސް އަދި ކަމާގުޅޭ ދައުލަތުގެ އިދާރާތަކުން ވެސް." ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.
އައިމާގެ މުވައްޒަފުންނަށް ދިމާވި ކަންތައްތައް ބެލުމުގެ އިތުރުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް ބިކަހާލު ޖައްސަމުންދާތީ، އެ ޙާލަތު ބަދަލުކުރަން ނިޒާމީ އިސްލާހުތައް ގެންނަން ޓްރާންސްޕޭރެންސީން ވަނީ މަޖިލީހުގެ ކޮމިޓީގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު