ފީފާ ވޯލްޑްކަޕްގައި މިރޭ ކުޅުނު ތިންވަނަ ހޮވާ މެޗްގައި މޮރޮކޯ ބަލިކޮށް ވޯލްޑް ކަޕުގެ ތިންވަނަ ކްރޮއޭޝިއާއިން ހޯދައިފިއެވެ.
މެޗުގެ 7 ވަނަ މިނެޓްގައި ފުރަތަމަ ގޯލު ޖަހާ މެޗުގެ ލީޑް ނެގީ ކްރޮއޭޝިއާއިންނެވެ. މި ގޯލް ޖަހައިދިނީ ގްވާޑިއޯލްއެވެ.
އޭގެ ދެ މިނެޓްފަހުން މޮރޮކޯއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ބޮލުން މި ގޯލް ކާމިޔާބު ކޮށްދިނީ ދާރީ އެވެ. އެ ގޯލަށްފަހު އަނެއްކާވެސް ކްރޮއޭޝިޔާ އިން ވަނީ ގޯލެއްޖަހައި ލީޑު ފުޅާ ކޮށްފައެވެ.
މި ނަތީޖާ އަނބުރާލެވޭތޯ މޮރޮކޯ ޓީމުން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. ނަމަވެސް، މެޗު ނިމުނީ މުބާރާތުގެ ތިންވަނަ ކްރޮއޭޝިޔާ އަށް ލިބިގެނެވެ.
މިގޮތަށް މި މުބާރާތް ނިންމާލަން ޖެހުނުނަމަވެސް، މޮރޮކޯއިން ދަނޑުން ފޭބީ ހިތްހަމަޖެހުމާއެކުއެވެ. އެއީ މިއީ މިހާތަނަށް އެފްރިކާގެ ގައުމަކުން ވޯލްޑްކަޕްގައި އެންމެ ދުރަށް ދަތުރު ކުރި ފަހަރުކަމަށްވުމެވެ.
ކްރޮއޭޝިއާއިން ހޯދި ކާމިޔާބީއާއިއެކު އެ ޓީމުން މުބާރާތް ނިންމާލީ މެޑަލްއަކާއެކުއެވެ.
ވޯލްޑްކަޕް 2022 ގައި މާދަމާރޭ ކުޅޭނީ މުބާރާތުގެ ފައިނަލް މެޗެވެ. މި މެޗްގައި ބައްދަލުކުރާނީ އާޖެންޓީނާއާއި އެންމެފަހުގެ ޗެމްޕިއަން ފްރާންސެވެ.

ކިޔުންތެރިންގެ ހިޔާލު