ރެއާލް މެޑްރިޑަށްކުޅޭ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އެ ނިންމުން ހާމަކޮށް ބެންޒެމާ މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު އޭނާއަށް ފުޓުބޯޅައިގައި އާދެވިފައި ހުރި ހިސާބަށް ދިއުމަށްޓަކައި، ގިނަ މިސްޓޭކްތަކެއް ހެދި، އެކަމުން އަރައިގަނެ ގިނަ ކާމިޔާބީތަކެއް ހޯދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ނުހަނު ފަހުރުވެރިވާ ކަމަށް ބެންޒެމާ ބުންޏެެވެ.



ބެންޒެމާ ބުނިގޮތުގައި ފުޓުބޯޅައިގައި އޭނާގެ ވާހަކަ ވަނީ ލިޔެވިފައެވެ. އަދި އެވާހަކައަށް ނިމުން އައިސްފައިވާ ކަމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށް ބެންޒެމާ ވަނީ ބުނެފައެެވެ.

ފްރާންސްގެ ގައުމީ ޓީމަށް ބެންޒެމާ ކުޅެންފެށީ 2006 ވަނަ އަހަރުއެވެ.ބެންޒެމާ ވަނީ ގައުމީ ޓީމަށް ކުޅެދިން 97 މެޗުގައި 37 ގޯލް ކާމިޔާބުކޮށްދީފަ އެވެ.

ފްރާންސްގެ ގައުމީ ޓީމާއެކު ބެންޒެމާއަށް ހޯދުނު ހަމައެކަނި ކާމިޔާބަކީ ޔޫއެފޭ ނޭޝަންސް ލީގު ތަށިކަން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑުގައި ބެންޒެމާ ހިމެނިއެވެ. އެހެން ނަމަވެސް މުބާރާތް ފެށުމުގެ ކުރިން އޭނާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން މުބާރާތް ކުޅުމުގެ ފުރުސަތު ބެންޒެމާއަށް ގެއްލުނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން