ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ބޭއްވި އުފާ ފާޅުކުރުންތަކުގައި އާޖެންޓީނާގެ ކުޅުންތެރިން ފްރާންސްގެ ކުޅުންތެރިންނަށް މަލާމާތްކޮށް ޒާތީގޮތުން ދިމާކޮށް ކުޅިވަރުގެ އަހުލާގީ މިންގަނޑާއި ހިލާފަށް ފުރައްސާރަ ކުރާތީ އެކަން ބަލައިދޭން ފްރާންސްގެ ސަރުކާރުގެ ބައެއް ވެރިން ފީފާއަށް ގޮވާލައިފިއެވެ.

ފްރާންސް ސަރުކާރުން މި މައްސަލަ ފެންމަތިކޮށްފައިވަނީ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު ބޭއްވި އުފާ ފާޅުކުރުންތަކުގައި އާޖެންޓީނާގެ ކުޅުންތެރިން ފްރާންސްގެ ކުޅުންތެރިންނަށް މަލާމާތްކުރާ ވީޑިއޯތައް ވަރަށް ބޮޑަށް ވައިރަލް ވެފައިވާ ދަނޑިވަޅެއްގައެވެ.

އާޖެންޓީނާގެ ކީޕަރުގެ ގެ ދަށުދަރައިގެ އަމަލުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުން އަމާޒުވަމުންދާއިރު އޭނާގެ ހަރަކާތްތައްބަލަން ޖަޒުބާތުގަ ހިނިއައިސްފަ ހުރީތީ މެސީ އަށް ވެސް ގިންބަޔަކު ދަނީ ފާޑުކިޔަމުންނެވެ

މީގެތެރެއިންވެސް އެންމެ ބޮޑަށް މީހުން ހިތްހަމަނުޖެހިގެން އުޅެނީ ކުޑަކުދިން ގެންގުޅޭ ބުދެއްގެ މޫނުގައި ފްރާންސްގެ ތަރި އެމްބާއްޕޭގެ ފޮޓޯއެއް ހަރުކޮށްގެން، އެ ބުދު އުރާލައިގެން އާޖެންޓީނާގެ ގޯލްކީޕަރު ހުރުމުންނެވެ.. އެވަގުތު އޭނާ ކައިރީގައި މެސީވެސް ހުއްޓެވެ.

އާޖެންޓީނާގެ ކީޕަރުގެ އިތުރުން، އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އެގުއެރޯވެސް ވަނީ ފްރާންސްގެ ކަމަވިންގާއަށް މަލާމާތް ރައްދުވާ ޒާތަކަށް ވާހަކަ ދައްކާފައެވެ. މިކަމާއިވެސް ފްރާންސް ރައްޔިތުން އުޅެނީ ވަރަށް ބޮޑަަށް ކަންބޮޑުވެނެވެ.

ފްރާންސްގެ ފައިނޭންސް މިނިސްޓަރު ވަނީ މި މައްސަލަތައް ބެލުމަށް ފީފާއަށް މިހާރު ގޮވާލާފައެވެ. ނަމަވެސް ރަސްމީކޮށް މި މައްސަަލަ ހުށަހެޅިކަން ޔަގީނެއް ނޫނެވެ.

ވޯލްޑް ކަޕް ލިބުމަށްފަހު އާރޖެންޓީނާގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލުތަކަކީ ފްރާންސްގެ ސަޕޯޓަރުން އެ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކުރުމުން ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އާރޖެންޓީނާގެ ގޯލް ކީޕަރަށް ފްރާންސްގެ ސަޕޯޓަރުން ވަރަށް ބޮޑަށް ދިމާކުރިކަމަށް އޭނާވެސް ބުންޏެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ލިބުނު ކާމިޔާބީ އެ ގައުމާއި މުޅި ދުނިޔޭގައި ދަނީ ފާހަގަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން