މުކޭޝް އަމްބާނީ
މުކޭޝް އަމްބާނީ
ފޯބްސްގެ ރިއަލް ޓައިމް ބިލިއަނަރުންގެ ލިސްޓުން މަޝްހޫރު މުއާސަލާތީ ކުންފުނި، ރިލައެންސްގެ ޗެއާމަން މުކޭޝް އަމްބާނީ ޖާގަ ހޯދައިފިއެވެ.

މުއާސަލާތީ ހިދުމަތުން ފެށިގެން ތެޔޮ އަދި ރީޓެއިލް ވިޔަފާރިތައްވެސް ކުރާ ކުންފުނިތައް ރިލައެންސްގެ ހިއްސާއާއި އެކު ދަނީ ހިންގަމުންނެވެ. މި ކުންފުނިތަކުން ހޯދި ކުރިއެރުންތަކާއެކު، މުކޭޝް އަމްބާނީގެ މިލްކިއްޔާތު ވަނީ 5.3 ބިލިއަން ޑޮލަރުން 64.6 ބިލިއަން ޑޮލަރަށް އިތުރުވެ، ފޯބްސް ބިލިއަނަރ ލިސްޓުގެ ނުވަ ވަނައިން ޖާގަ ހޯދައިފައެވެ. މިއާއި އެކު މުކޭޝް އަމްބާނީ ވެގެން ގޮސްފައިވަނީ އިންޑިއާގެ އިތުރުން އޭޝިއާގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއަށެވެ.

މި ލިސްޓުގެ ގަދަ 10 އަކަށް ބަލާ އިރު، އެންމެ ކުރީގައި 160.1 ބިލިއަން ޑޮލަރުގެ މިލްކިއްޔާތާއެކު އަދިވެސް އުޅެނީ އެމޭޒަން ގެ ބާނީ ޖެފް ބޭޒޯސް އެވެ. ލިސްޓުގެ ދެވެނައިގައި ބިލިއަނަރު ބިލް ގޭޓްސް (108.6 ބިލިއަން ޑޮލަރު) ހިމެނިފައިވާ އިރު މަޝްހޫރު ސޯޝަލް މީޑިއާ ޕެލްޓްފޯމް ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް (87.9 ބިލިއަން ޑޮލަރު) ލައްވާލީ ހަތަރުވަނައިގައެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިއޭގެ އިގްތިސާދަށް ލިބެމުންދާ ގެއްލުމުގެ އަސަރު މަހުޖަނުންނަށްވެސް ކޮށްފައިވާ ކަމަށް ފޯބްސް އިން ބުނެއެވެ. މިގޮތުން ދުނިއޭގެ އެންމެ މުއްސަނދި މީހުންގެ މިލްކިއްޔާތު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 8.7 ޓްރިލިއަން ޑޮލަރުން 8 ޓްރިލިއަން ޑޮލަރަށް ދަށްވެފައި ކަމަށްވެސް ފޯބްސް އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން