"މިދުނިޔެ މައްޗަށް އަންހެނުން ނުއުފެއްދެވިނަމައޭ ހިތަށް އަރާ،" މިއީ އަފްޣާނިސްތާނަށް ނިސްބަތްވާ ޒުވާން އަންހެންކުއްޖެގެ ހިތުގެ އުދާސްތަކެވެ. 19 އަހަރުގެ މިޒުވާން އަންހެން ކުއްޖާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލާފައިވަނީ އަންހެން ކުދިންނަށް ތަޢުލީމު އުނގެނުމަށް އޮތް ފުރުސަތުތަކަށް ހުރަސްއެޅުމަށް ތާލިބާން ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އޭނާ އަށް ކުރެވުނު އިހުސާސްތައް ސިފަކޮށްދެމުންނެވެ.

"މިދުނިޔެ މައްޗަށް އަންހެނުން ނުއުފެއްދެވިނަމައޭ ހިތަށް އަރާ. މިހާ ނަސީބު ދެރަކޮށް ކަންކަން ދިމާވާނަމަ ދިރިހުރުމުގެ ބޭނުމެއްވެސް ނެތް،" މަތީ ތައުލީމު އުނގެނި ހަރުދަނާ ޝަހުސިއްޔަތަކަށް ވުމުގެ އުއްމީދުގައި ހުރި ޒުވާނާ ބުންޏެވެ.

"އަހަރުމެންނާ ދޭތެރޭ ކަންކަން ކުރަމުންދަނީ ޖަނަވާރަކަށް ވުރެއްވެސް އިހާނެތިކޮށް،" ތާލިބާނުންގެ އަމަލުތައް ސިފަކޮށްދެމުން އަފްޣާނިސްތާނުގެ ޒުވާނާ ސިފަކޮށްދިނެވެ.

"ޖަނަވާރުންނަށް ބޭނުންތަނަކަށް ދެވޭ. ނަމަވެސް އަހަރުމެން އަންހެން ކުދިން މިތިބެން ޖެހެނީ ގޭގައި. ގެއިން ބޭރަށް ފިޔަވަޅެއް އެޅުމުގެ ފުރުސަތެއްވެސް ނެތް."

ދީނީ ހަރުކަރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން އަތުލައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު އައުމާއެކު އަފްޣާނިސްތާން އަންހެނުންނާ ދެކޮޅަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. މީގެ ތެރޭގައި ހެދުން އެޅުމާއި، ދަތުރު ކުރުމާއި، ތައުލީމު އުނގެނުމާއި، ވަޒީފާތަކަަށް ދިއުމަށް އަޅާ ހުރަސްތައް ދަނީ އިތުރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން