ކްރޮއޭޝިއާގެ ފައިސާ ޔޫރޯއަށް ބަދަލުކޮށް ޔޫރަޕްގެ ޕާސްޕޯޓް ފްރީ ޒޯނަށް ވަދެއްޖެއެވެ.
ކްރޮއޭޝިއާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޔޫރޮޕިއަން ޔޫނިއަންގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށްފަހުއެވެ. މިއާއެކު އެގައުމުން އާދީއްތަ ދުވަހުން ފެށިގެން، މީގެ ކުރިން ބޭނުން ކުރަމުން އައި ފައިސާކަމަށްވާ ކުނާގެ ބަދަލުގައި ޔޫރޯ ބޭނުންކުރަން ފަށާފައިވާކަން ވަނީ އިއުލާންކޮށްފައެވެ.
ޔޫރޯޒޯންގެ 20 ވަނަ މެމްބަރަކަށް ވެގެން ދިޔަ ކްރޮއޭޝިއާ އަކީ ޕާސްޕޯޓް ފްރީ ޝެންގޭން ޒޯންގެ 27 ވަނަ ގައުމުކަމަށް ރިޕޯޓުތައް ބުނެއެވެ.
“މިއީ އުފާވެރި އާ ފެށުމެއް،" އީޔޫގެ އެންމެ އިސްވެރިޔާ އުރުސުލާ ވޮން ޑަރ ލޭއެން، މި މުނާސަބަތު ފާހަގަ ކުރުމަށް ކްރޮއޭޝިއާއަށް ވަޑައިގަތުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ކްރޮއޭޝިޔާގައި ޔޫރޯ ބޭނުންކުރަން ފެށުމަކީ، ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން ކާބޯތަކެއްޗާއި ތެލުގެ އަގުތައް މަތިވެ، ދުނިޔޭގެ އިންފްލޭޝަން ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި ކްރޮއޭޝިއާގެ އިގްތިސާދު ހިމާޔަތް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް ކްރޮއޭޝިއާގެ ބައެއް ރައްޔިތުން ވަނީ އެގައުމުގެ ފައިސާ ޔޫރޯއަށް ބަދަލު ކުރުމާއެކު ދިރިއުޅުމުގެ އަގު ބޮޑުވެ، ވިޔަފާރިތަކުން އަގުތައް ބަދަލުކުރާއިރު އަގުތައް ތަފާތުވެ މައްޗަށް ދިއުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު