ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ތޮއްޖެހުން ކުޑަކުރަން ޓޯކިއޯއިން ފައިބާ ކޮންމެ އާއިލާއަކަށް ފައިސާ ދޭން ޖަޕާން ސަރުކާރުން ނިންމައިފިއެވެ.
ޖަޕާނުގެ ސަރުކާރުން ވަނީ ޓޯކިޔޯއިން ބޭރަަށް ދިރިއުޅުން ބަދަލުކުރާ އާއިލާތަކުގެ ކޮންމެ ކުއްޖަކަށް 1 މިލިއަން ޔެން (7،500 ޑޮލަރު) ދޭން ނިންމާފައެވެ. މިއީ ޓޯކިއޯގައި އާބާދީ ދަށްކުރުމަށް ކުރާކަމެއްކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ.
ޖަޕާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ފައިސާގެ އެހީ ތައާރަފް ކުރާނީ އޭޕްރީލް މަހު އެވެ. އަދި މިއެހީގެ ސަބަބުން ބިމާއި، ގޯތި ގެދޮރު ގަނެ، ނުވަތަ ކުއްޔަށް ހިފުން ފަދަ ކަންކަން ކުރުމަށް އެހީތެރިވެދޭނެއެވެ.
ކޮވިޑާއި އަދި އެކި ސަބަބުތަކާއި ގުޅިގެން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޓޯކިޔޯގެ އާބާދީ ދަށްވި ނަމަވެސް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ ސިޓީގެ އާބާދީގެ ޑެންސިޓީ ދަށްކޮށް، ގައުމުގެ އެހެން ސަރަހައްދުތަކުގައި އާ ދިރިއުޅުމެއް ފެށުމަށް ހިތްވަރު ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ހާއްސަގޮތެއްގައި ޓޯކިއޯއިން ބޭރު ސަރަހައްދުތަކުގެ އާބާދީގެ ގިނަބަޔަކު، މުސްކުޅިވެ، ޒުވާން މީހުން ޓޯކިޔޯ، އޮސާކާ އަދި އެހެނިހެން ބޮޑެތި ސިޓީތަކަށް ހިޖުރަކުރުމުގެ ސަބަބުން، އެސަރަހައްދުތަކުގެ އާބާދީ ކުޑަވެފައިވާކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު