އެއަރއިންޑިއާ ފްލައިޓަކުން ދަތުރުކުރި ފިރިހެނަކު އެފްލައިޓުން ދަތުރުކުރި އަންހެން ފަސިންޖަރެއްގެ ގަޔަށް ކުޑަކަމުދިޔަ މައްސަލައެއް ބަލަން ފަށައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރ 26 ވަނަ ދުވަހު، އެމެރިކާއިން ދިއްލީއަށް ދަތުރުކުރި ފްލައިޓެއްގައެވެ. މިހާދިސާގައި ކުޑަކަމުގޮސްފައިވަނީ މަސްތުގެ ހާލަތުގައި ހުރި ފިރިހެން ފަސިންޖަރަކެވެ. އަދި އޭނާ ކުޑަކަމުގޮސްފައިވަނީ ބިޒްނަސް ކްލާހުން ދަތުރު ކުރި އަންހެން ފަސެންޖަރެއްގެ ގަޔަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިހާދިސާ އާއި ގުޅިގެން އެއަރލައިނުން ކުރަންޖެހޭ ތަހުގީގު ކުރުމަށް ވަގުތީގޮތުން އެއްމަސް ދުވަހުގެ މުއްދަތަށް، ކުޑަކަމުދިޔަ ފަސިންޖަރަށް އެއަރއިންޑިއާއިން ދަތުރު ނުކުރެވޭގޮތަށް ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި މިހާދިސާ ތަހުގީގުކޮށްނިމުމުން، އެމީހާއަށް މުޅި އުމުރަށްވެސް އެއަރއިންޑިއާއިން ދަތުރުނުކުރެވޭ ގޮތް ވުން އެކަށީގެންވާކަމަށް އެއަރއިންޑިއާގެ ތަރުޖަމާނު ހާމަކޮށްފައިވެއެވެ.
މިހާދިސާ ހިނގާދިޔަ ކަމާއި، މިހާދިސާއާއެކު ބަލަން ޖެހޭ ކަންކަން ބަލަމުންދާކަން ދިއްލީގެ ފުލުހުން އަދި ސިވިލް އޭވިއޭޝަނުން ހާމަކޮށްފައިވެެއެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިހާދިސާ ރަސްމީކޮށް ތަހުގީގު ކުރަން ފެށީ، އެއަރއިންޑިއާ ހިންގާ ޓާޓާ ކުންފުނީގެ ޗެއަރމަނަށް އެޑްރެސްކޮށް މިހާދިސާގައި ގެއްލުން ލިބުނު އަންހެން މީހާ ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.
އޭނާގެ ސިޓީގައި މަސްތުގެ ހާލަތުގައި ހުރި ފަސިންޖަރަކު އައިސް އޭނާގެ ގަޔަށް ކުޑަކަމުދިއުމުން ފުރަތަމަ މައްސަލަ ޖެއްސުމުން ކްރޫއިން އޭނާ ގާތު އިށީންނާށޭ ބުނިކަމަށާއި، ދެން ކުޑަކަމުދާ ތަކެތިން އޭނާގެ ހެދުމާއި ފައިވާން ނަޖިސްވެފައިވާތަން ދެއްކުމުން ލާނެ ނިދާ ހެދުމަކާއި ފައިވާނެއް ކްރޫއިން ދިންކަމަށް ބުނެފައި ވެއެވެ.
އަންހެން މީހާގެ ސިޓީގައި، ކްރޫއިންނަށް އޭނާ ޝަކުވާ ކުރުމުންވެސް، ކުޑަކަމުދިޔަ ފަސިންޖަރު ފްލައިޓު ޖެއްސުމުން ފްލައިޓުން ފައިބައިގެން ދިޔައީ މިނިވަންކަމާއެކުކަމަށާއި، އެއްވެސް ވަރަކަށް ހިނގާދިޔަ ހާދިސާއަކީ މައްސަލައެއްގެގޮތުގައި ބަލައިގަނެފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު