އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސްކަމަށް ކުރިއަށް އޮތް 2 އަހަރަށް ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ އިންތިހާބުކޮށްފިއެވެ.
ހައުސްގެ ސްޕީކަރގެ މަގާމަށް މެކާތީ އިންތިހާބުވީ މަގާމަށް އިންތިހާބުވާން ބޭނުންވާ ވަރަށް ވޯޓް ނުލިބޭތީ، ދިގުދެމިގެންދިޔަ ވޯޓްލުމަކަށް ފަހުއެވެ. އެގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި 15 ފަހަރަށް ވޯޓް ލާފައިވެއެވެ. މިއީ މިދިޔަ 164 އަހަރު ތެރޭގައި ހައުސްއަށް ރައީސަކު އިންތިހާބުކުރަން އެންމެ ގިނައިން ވޯޓްލާންޖެހުނު ފަހަރެވެ .
ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިންތިޚާބު ކުރަން ބޭއްވި ވޯޓްގައި މެކާތީއަށް 216 ވޯޓް ލިބުނުއިރު، އޭނާއާ ވާދަކުރެއްވި ޑިމޮކްރަޓިކް ޕާޓީގެ ހަކީމް ޖެފްރީޒްއަށް ލިބުނީ 212 ވޯޓެވެ.
ވޯޓްލުން ދިގުދެމިގެންދިޔައީ ހައުސްގައި 222 މެމްބަރުން ތިބޭ މެކާތީގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން އޭނާއާ އެއްކޮޅަށް ވޯޓްލުމަށް ދެކޮޅު ހެދުމުންނެވެ. އެކަމުގެ ސަބަބުން މަގާމަށް އަންނަން ބޭނުންވާ މިންވަރަށް ވޯޓް ހަމަނުވެގެން އަލުން ވޯޓް ނަގަން ޖެހެނީއެވެ.
ނަމަވެސް ހޮނިހިރުދުވަހުގެ ވަރަށް ދަންވަނިކޮށް މެކާތީ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްކަމަށް އިންތިހާބުވާން ބޭނުންވާ ވަރަށް ވޯޓް ހާމަކޮށްފައެވެ. އަދި އެ މަގާމަށް އޭނާ އިންތިޚާބުވުމުން މިއަދު ވަނީ މަގާމުގެ ހުވާކޮށްފައެވެ.
ކުރިއަށް އޮތް 2 އަހަރަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ނުވަތަ ކޮންގްރެސްއަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު 222 މެމްބަރުންނާއެކު އެތަނުގެ ކޮންޓްރޯލް އޮތީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އަތުގައެވެ. ވެރިކަންކުރާ ޑިމޮކްރެޓުންނަށް ލިބުނީ 212 ގޮނޑިއެވެ.
މިފަހަރަކީ ރެކޯޑް އަދަދަކަށް އަންހެން މެންބަރުންވެސް ހައުސްއަށް އިންތިޚާބުވި ފަހަރެކެވެ. ޑިމޮކްރެޓުންގެ 91 މެމްބަރުންނާއި ރިޕަބްލިކަނުންގެ 33 މެމްބަރުންނާއެކު ހައުސްގައި ޖުމްލަ 124 އަންހެނުން ތިބޭނެއެވެ. އޭގެތެރެއިން 22 ބޭފުޅުންނަކީ މުޅިން އަލަށް ހައުސްއަށް އިންތިޚާބުވި މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު