އިންޑޮނޭޝިއާގެ ސުމަޓްރާ އައްސޭރިފަށަށް މިއަދު ހެނދުނުގެ ވަގުތެއްގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާގޮތުން މިބިންހެލުން އަރާފައިވަނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އަދި މިބިންހެލުން އަރާފައިވަނީ 48 ކިލޯމީޓަރުގެ އަޑިން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ހާމަކޮށްފައިވެއެވެ.
މިބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ހެނދުނު 6:30 ހާއިރުއެވެ. އަދި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަދި އެއްވެސް އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓެއް އާންމުކޮށްފައެއް ނުވެއެވެ. އަދި މިބިންހެލުމުގެ ސަބަބުން ސުނާމީ އެއް އަރާފާނެކަމަށް ކަމާބެހޭ ވުޒާރާތަކުން ލަފާކޮށްފައެއްވެސް ނުވެއެވެ.
އިންޑޮނޭޝިއާއަކީ މިފަދަަ އެތަކެއް ބިންހެލުމެއް ތަޖުރިބާ ކުރާ ޖަޒީރާ ގައުމެކެވެ. އެގޮތުން ހުސްވިއަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ޖާވާގެ މައި ޖަޒީރާގެ އާބާދީ ބޮޑު ހުޅަނގު ޖާވާ ޕްރޮވިންސަށް އެރި 5.6 މެގްނިޓިއުޑްގެ ބިންހެލުމުގައި 602 މީހުން މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު