ވޭތުވެދިޔަ ތިރީސް އަހަރު ދުވަހުގެ ތެރޭގައި ނޭޕާލުގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓާ ގުޅިގެން މުޅިއެގައުމު ހިތާމަފާޅުކުރަމުން ދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ހިނގާދިޔަ މިހާދިސާގައި 68 މީހަކު ވަނީ މަރުވެފައެވެ. އަދި 4 މީހަކު ގެއްލިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ކަތުމަންޑޫއިން ފުރައިގެން، ނޭޕާލްގެ ފަތުރުވެރިންގެ މަންޒިލެއް ކަމަށްވާ ޕޮކަރާއަށް ދަތުރުކުރި ފްލައިޓެއް ވެއްޓި އަލިފާން ރޯވުމުންނެވެ. އާންމުވެފައިވާ ވިޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ޔެޓީ އެއާލައިންސްގެ ފްލައިޓް އެއާޕޯޓާ ކައިރިވަމުން ދިޔައިރު ބާރަށް އެނބުރެމުން ދާތަން ފެނެއެވެ. ނަމަވެސް ބޯޓުވެއްޓެން މެދުވެރިވި ސަބަބެއް އަދި ހާމަވެފައެއް ނުވެއެވެ.

މިހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެކަމަށް ނޭޕާލުގެ ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިހާދިސާގައި ބޯޓު ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފު ނުވި ނަމަވެސް ނޭޕާލުގައި މިފަދަ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ. ހާއްސަގޮތެއްގައި ނޭޕާލްގައި ފްލައިޓް ޖައްސާ ރަންވޭތައް އެކަހެރި ސަރަހައްދުތަކުގައި ހުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރި ހާލަތްތައް ކުރިމަތިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން