ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާގައި މަރުވި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު ޑެނިސް މޮނާސްޓިރސްކީ.
ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާގައި މަރުވި ޔޫކްރޭންގެ އިންޓީރިއާ މިނިސްޓަރު ޑެނިސް މޮނާސްޓިރސްކީ.
ޔުކްރެއިނުގެ ވެރިރަށް ކިއެވްގައި ހިނގާދިޔަ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާގައި އެގައުމުގެ ދާޚިލީ ވަޒީރު އަވަހާތަވެއްޖެއެވެ

ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު އަދި ޔަގީން ނުވިނަމަވެސް، ހެލިކޮޕްޓަރު ވެއްޓުނީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވުމުން ގިނަބަޔަކަށް މިހާދިސާގެ ސަބަބުން ގެއްލުން ލިބިފައިވެއެވެ. ބުދަދުވަހު ހިނގާދިޔަ މިހާދިސާ ހިނގާފައިވަނީ ކުޑަކުދިންނަށް ހާއްސަ ނާސަރީއެއް ގާއިމުކޮށްފައިވާ އިމާރާތެއް ކައިރިއަށެވެ.

މިހާދިސާގައި 18 މީހަކު މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ޔުކްރެއިނުގެ ދާޚިލީ ވަޒީރާއި، އެމިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން ތިން ކުޑަކުއްޖަކުވެސް ހިމެނެއެވެ. މީގެއިތުރުން 15 ކުޑަކުއްޖަކު ހިމެނޭހެން 29 މީހަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާދިސާގައި އަވަހާރަވި އިންޓީރިއާ މިނިސްޓަރު ޑެނިސް މޮނާސްޓިރސްކީ އަކީ ޔުކްރެއިނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީގެ އަރިހުގައި އެންމެ ގިނަ ދުވަހު ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމު އަދާކުރެއްވި ބޭފުޅެވެ. އަދި އެމަނިކުފާނަކީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިނަށް އަރައިގަތް ފަހުން އަވަހާރަވި ޔޫކްރޭން ސަރުކާރުގެ އެންމެ އިސް އޮފިޝަލެވެ.

ޔޫކްރޭންގެ ރިޔާސީ އޮފީހުގެ ޑެޕިއުޓީ ހެޑް ކައިރިލޯ ޓިމޮޝެންކޯ ވިދާޅުވީ އިންޓީރިއާ މިނިސްޓަރު ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނީ އެގައުމުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ "ހޮޓް ސްޕޮޓަކަށް" ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

މިނިސްޓަރުގެ މަރާއެކު ކިއެވްގެ ސަރުކާރަށް ބޮޑު ލޮޅުމެއް އައިސްފައިވާކަން އެގައުމުގެ އިސްއޮފިޝަލުން ދަނީ ސިފަކުރަމުންނެވެ. ހާއްސަގޮތެއްގައި މިނިސްޓަރުގެ ޒިންމާގެ ދަށުން ހަނގުރާމައިގެ ދުވަސްވަރު ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ފުލުހުންގެ ކަންކަން ހިންގުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުން ދިއުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން