ނޭވާލާ ނިޒާމުގެ ބަލިމަޑުކަމަކާ ގުޅިގެން އުތުރު ކޮރެއާއިން ވެރިރަށް ޕިއޮންގްޔަންގް ފަސް ދުވަހަށް ލޮކްޑައުންކޮށްފި އެވެ.
ނޭވާލާ ނިޒާމުގެ ބައްޔެއްގެ ކޭސްތައް އިތުރުވަމުންދާތީކަމަށް ބުނެ ލޮކްޑައުން ކުރިނަމަވެސް މިއީ ކޯވިޑް-19 އާއި ގުޅުން ހުރި ކޭސްތަކެއްކަމެއް އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އުތުރުކޮރެއާއިން އާންމުކޮށްފައިވާ ނޯޓިސްގައި އަންގާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އުތުރުކޮރެއާގެ ވެރިރަށުގެ ރައްޔިތުން ގޭގައި ތިބުމަށާއި، ކޮންމެ ދުވަހަކު އެއް ފަހަރަކު ޓެމްޕަރޭޗަރ ޗެކްކޮށް އެމައުލޫމާތު ހުށައެޅުމަށެވެ.
މިއެންގުމާއި ގުޅިގެން ސަރުކާރުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް ހުސްވި ހަފްތާގައި ޕިއޮންގްޔަންގްގެ ރައްޔިތުން މުދާ ސްޓޮކް ކުރަމުންދާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނޭވާލާ ނިޒާމުގެ ބަލިތަކަކާއެކު އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޯވިޑް-19 ފެނިފައިވާކަން ރިޕޯޓުކޮށްފައިވަނީ 2022 ވަނަ އަހަރު ކުރީކޮޅެވެ. ނަމަވެސް ހަމަ އެއަހަރުގެ އޮގަސްޓް މަހު ކޯވިޑް-19 ބަލިމަޑުކަމުގެ މައްޗަށް ކާމިޔާބީ ހޯދާފައިވާކަން އެގައުމުން އިއުލާންކޮށްފައިވެއެވެ.
ކޮވިޑް ބަލިމަޑުކަން ނިމުން އިއުލާންކުރިއިރު ކޮވިޑް-19 ޖެހުނީ ކިތައް މީހުންނަކަން އުތުރުކޮރެއާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު