ނިއުޒީލެންޑްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޮކްލެންޑް ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާގައި ތިން މީހަކު މަރުވެއްޖެއެވެ.

މިކަން އިއުލާންކޮށްފައިވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނިއުޒީލެންޑްގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ އޮކްލެންޑް ސިޓީގެ އެއާޕޯޓްގައި ފެންބޮޑުވެ އެސަރަހައްދުން މީހުން ނެރެ، އެެއަރޕޯޓް ސަރަހައްދު ބަންދުކުރިތާ އެއް ދުވަސް ފަހުންނެވެ.

ނިއުޒިލޭންޑުގެ ފުލުހުން ބުނެފައި ވަނީ މޫސުމާ ގުޅުންހުރި ހާދިސާތަކާ ގުޅިގެން ރައްޔިތުންގެ ގިނަ އަދަދެއްގެ ކޯލްތަކަށް އަދިވެސް ޖަވާބުދާރީވަމުން ދާކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ބޮޑު ސަރަހައްދެއް ފެނުއަޑީގައި ވުމުން ސަމާލުވުމަށްވެސް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮކްލޭންޑުގެ ބޮޑު ބައެއްގައި ފެންބޮޑުވެފައިވާއިރު ހުކުރު ދުވަހު ވިއްސާރަ މަޑުޖެހުމާއެކު އެތައް މިލިއަން މީހުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދިޔަނަމަވެސް، އޮކްލޭންޑުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.

ނިއުޒިލޭންޑުގެ މެޓްސާވިސް އިން ބުނީ އޯކްލެންޑަށް 24 ގަޑިއިރުގެ ތެރޭގައި ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާ ކަމަށާއި، އެގިތުން ބުރާސްފަތި ދުވަހު މެންދަމު 1 ޖަހާއިރު އެ ސަރަހައްދުގައި 249 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ. އަދި މިހިނގާ ޖެނުއަރީ މަސްވެގެންދާނީ އެންމެ ގިނައިން ވާރޭވެހުނު މަހަށްކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން