ލަންކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވާދަ ކުރައްވަން ނިންމަވައިފައިވާކަން އިއުލާންކުރައްވައިފިއެވެ.

ސިރިސެނާގެ މިނިންމެވުން އިއުލާންކުރައްވާފައިވަނީ އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ގާނޫނާ ހިލާފު އެއްވެސް ރޭވުމަކާމެދު އަޅުގަނޑު ބިރެއް ނުގަނޭ. ޝަރުޢީ ދާއިރާއާއި ޤާނޫނަށް އަޅުގަނޑު އިޙްތިރާމް ކުރަން. ކިތަންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާންވިޔަސް ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އަޅުގަނޑުގެ ޕާޓީގެ ތާއީދާއެކު. އަދި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އިންތިހާބު ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަމާއެކު،" ސިރިސެނާ ވިދާޅުވި އެވެ.

ސިރިސޭނާ ވަނީ މީގެ ކުރިން 2015 - 2019 އަށް ލަންކާގެ ހަތް ވަނަ ރައީސްކަމުގެ މަގާމު އަދާކުރައްވާފައެވެ. އޭނާގެ ރިޔާސަތުގައި، 2019 ވަނަ އަހަރު ހިނގާދިޔަ ބޮމުގެ ހަމަލާއާއެކު ސިރިސެނާ އަދި ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ސިރިސޭނާ ރައީސްކަމުން ވަކިވެވަޑައިގަތީ 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ދެވަނަ ދައުރަކަށް ވާދަ ނުކުރެއްވުމަށާއި އިންތިޚާބުގެ ތެރޭގައި އެއްވެސް ފަރާތަކަށް ތާއީދު ނުކުރެއްވުމަށް ނިންމެވުމާއެކުއެވެ. އެއަށްފަހު 2020 ވަނަ އަހަރު ސިރިސޭނަ ވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ހޮވިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން