މުސާރައާއި، މަސައްކަތުގެ މާހައުލާއި، ހާލަތާގުޅޭ ގޮތުން އިނގިރޭސި މަސައްކަތްތެރީންގެ ތެރޭގައި އޮތް، ދިގުދެމިގެން އައިސްފައިވާ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ބުދަ ދުވަހު އިނގިރޭސިވިލާތުގެ މަގުތައްމައްޗަށް ބަންޑުންކޮށްފިއެވެ. ގާތްގަނޑަކަށް ފަސްލައްކައެއްހާ ޓީޗަރުންނާއި، މަދަނީ މުވައްޒަފުންނާއި، ރޭލު ޑްރައިވަރުންނާއި، ޔުނިވަރސިޓީ ލެކްޗަރަރއިން ވަނީ، އެބައިމީހުންގެ ވަޒީފާގެ މަސައްކަތްތައް ހުއްޓާލާފައި، މުސާރަ ބޮޑުކުރުމަށާއި، އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށް ދިނުމަށް އެދި ގޮވާލައި ހަޅުތާލުކޮށްފައެވެ.
ބުދަ ދުވަހު އިނގިރޭސިވިލާތުގައި ކުރެވުނު މަސައްކަތްތެރީންގެ މި ހަޅުތާލަކީ މި ފަހަކުން އިނގިރޭސިވިލާތުގައި ކުރެވުނު އެއްމެ ބޮޑު ހަޅުތާލެވެ. ހަޅުތާލުކުރި މަސައްކަތްތެރީން ގޮވާލީ އުފުލެމުންދާ އަގުތަކާ އެއްހަމައެއްގައި ހިފެހެއްޓޭނެވަރުގެ އުޖޫރައެއް އެބައިމީހުންނަށް ދިނުމަށެވެ. އިނގިރޭސި މަސައްކަތްތެރީންގެ ޓްރޭޑްސް ޔޫނިއަން ކޮންގްރެސްއިން ހާމަކޮށްފައިވާ ގޮތުން އިއްޔެ ކުރެވުނު މި ހަޅުތާލުގައި ބައިވެރިވި މަސައްކަތްތެރީންގެ ތެރެއިން ގާތްގަނޑަކަށް 300،000 އެއްހާ މީހުންނަކީ ޓީޗަރުންނެވެ.
ދިރިއުޅުމުގެ އަގުތައް މައްޗަށް އުފުލި ޤައުމުގައި ނުތަނަވަސްކަން އުފެދިފައިވާ މިފަދަ ދަނޑިވަޅެއްގައި، މަސައްކަތްތެރީން އިއްޔެ ކުރި މި ހަޅުތާލުގެ ސަބަބުން 2010 އިން ފެށިގެން އިނގިރޭސިވިލާތުގައި ވެރިކަންކުރަމުން އަންނަ ކޮންސަރވެޓިވް ޕާޓީއަށްވަނީ އިތުރު ފިއްތުންތަކެއް ކުރިމަތިވެފައެވެ. ހަޅުތާލާއި ގުޅިގެން ބޮޑުވަޒީރުގެ ރިޝީ ސުނަކް މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މި ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ދެވުނު މުސާރައިގެ އެންމެ ބޮޑުކުރިއެރުން ޓީޗަރުންނަށް ދީފައިވާނެ ކަމަށާއި އަލަށް ކޮލިފައިވާ ޓީޗަރުންނަށް 9 އިންސައްތައިގެ ކުރިއެރުމެއް ދީފައިވާނެކަމަށެވެ. އަދި ކިޔަވައިދިނުން ހުއްޓާލާފައި ހަޅުތާލުކުރުމަކީ ވަރަށް ބޮޑު ގޯހެއްކަމަށާއި ޓީޗަރުން ދަރިވަރުންގެ ކިޔަވައިދިނުމަށް އިސްކަންދޭންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެގެ ހަޅުތާޅުގެ ސަބަބުން އިނގިރޭސިވިލާތުގައި ރޭލު ދަތުރުތައް މުޅީންހެން ހުއްޓުނެވެ. ނޭޝަނަލް އެޑިއުކޭޝަން ޔޫނިއަނުން ބުނީ ބުދަ ދުވަހުގެ ހަޅުތާލާ ގުޅިގެން ގާތްގަނޑަކަށް 23،000 ސްކޫލަކަށް އަސަރުކުރާނެ ކަމަށާއި ގާތްގަނޑަކަށް 85 އިންސައްތަ ސްކޫލުތަކުގެ ކިޔެވުން ކުރިޔަށް ނުގެންދެވުނު ކަމަށެވެ.
މި ހަޅުތާލުގައި ލަންޑަނުން މަސައްކަތްތެރީންނާ ބައިވެރިވެވަޑައިގެންނެވި އިދިކޮޅު ލޭބަރ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ އިންސާފުވެރި ޓެކްސްގެ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލައްވާފައެވެ. އަދި މިހާރު މިއޮތް ދަރަޖައަށް ތަފާތުކުރުންތައް އެޤައުމަށް ތަހައްމަލު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރީން ނެތްވަރަށް މިހާރު އިނގިރޭސިވިލާތުގައި ބިލިއަނަރުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، ކޮވިޑް-19 ގެ ތެރޭގައި އެފަދަ އެތައް ބިލިއަނަރުންނަކާއި މިލިއަނަރުންނެއް ޓެކްސް ދެއްކުމެއް ނެތި ލައްކަ ގިނަ ފައިސާ ހަދާފައިވާކަމަށް އަލްޖަޒީރާ ނޫހަށް މަޢުލޫމާތު ދެމުން އޭނާ ވިދާޅުވިއެވެ.
އިއްޔެގެ މުޒާހަރާގައި އިތުރަށް ބައިވެވި މަސައްކަތްތެރީންގެ ތެރޭގައި ދާރުލްއާސާރުތަކުގެ މުވައްޒަފުންނާއި، ލަންޑަނުގެ ބަސް ޑްރައިވަރުންނާއި، ކޯސްޓްގާޑާއި އިމިގްރޭޝަންގެ މުވައްޒަފުންވެސް ހިމެނެއެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ނަރުހުންނާއި އެމްބިއުލަންސްތަކުގައި މަސައްކަތްކުރާ މީހުންވެސް ހިމެނޭ ގޮތަށް މިފަދަ އެހެން ހަޅުތާލުތައްވެސް ކުރިޔަށް ރޭވިފައި ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.
އިނގިރޭސިވިލާތުގެ ތައުލީމީ ދާއިރާގެ މަސައްކަތްތެރީންގެ ޔޫނިއަން ކަމުގައިވާ ނެޝަނަލް އެޑިއުކޭޝަން ޔޫނިއަންގެ ޖެނެރަލް ސެކެޓްރީ މޭރީ ބޫސްޓެޑް ވަނީ ސަރުކާރަށް 27 ދުވަހުގެ މުހުލަތެއް ދީފައެވެ. ސްކައި ނިއުސްއަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައިވާ ގޮތުގައި ބުދަދުވަހުގެ ހަޅުތާލަކީ އެއް ދުވަހުގެ ހަޅުތާލެއް ކަމަށާއި އެމީހުން ދެން ހަޅުތާލެއްކުރާނީ 27 ދުވަސް ފަހުން ކަމަށެވެ. އަދި މި 27 ދުވަހަކީ އިށީނދެ ތިބެގެން އެމީހުންނާ ވާހަކަދައްކައިގެން ކަންކަން ހައްލުކުރަން ސަރުކާރަށް ދޭ މުހުލަތެއްކަން އޭނާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު