ރަސްމޫސް ޕަލޫޑަން ކީރިތި ޤުރުއާންގެ ކޮޕީއެއް އަންދާލަނީ
ރަސްމޫސް ޕަލޫޑަން ކީރިތި ޤުރުއާންގެ ކޮޕީއެއް އަންދާލަނީ
އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައިވާ ކީރިތި ގުރުއާން އަންދާ ސްވިޑެން-ޑެންމާކުގެ ސިޔާސީ ލީޑަރު ރަސްމޫސް ޕަލޫޑަންއަކީ ކުޑަފިރިހެން ކުދިންނަށް ތަކުރާރުކޮށް ޖިންސީ ގޯނާގެ ހުތުރު ވާހަކަތައް ކިޔައިދޭ މީހެއްކަން ފަޅާއަރުވާލައިފުއެވެ.

މުސްލިމުންނާ ދެކޮޅު ހަރުކަށި ފިކުރުގެ "ކީރިތި ގުރުއާން އަންދާ" ނަސްލީ ތަފާތުކުރުން ގެންގުޅޭ ރަސްމޫސް ޕަލޫޑަން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޑިސްކޯޑްގައި ކުޑަ ފިރިހެން ކުދިންނާ އެކަށީގެން ނުވާ އަދި ޖިންސީ ގުޅުން ހިންގާ ޗެޓްތަކެއް ކޮށްފަ އެވެ.



ނަސްލީ ތަފާތުކުރުން ގެންގުޅޭ ސިޔާސީ ލީޑަރުގެ އޮންލައިން ވާހަކަތަކުން ނަގާފައިވާ އޯޑިއޯ ރެކޯޑިންތަކުގައި އުމުރުން ހަގު ފިރިހެން ކުދިންނާ އޭނާ ކިޔައިދޭ އެފަދަ ވާހަކަތަކުގެ ތެރޭގައި ޓީޗަރަކު ކުލާސް ކުދިންގެ ކުރިމަތީގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރާ ބޭއަދަބީ ޖިންސީ މަންޒަރުތައް ސިފަކޮށްދީ އެމަންޒަރުތަކާ ބެހޭ ގޮތުންވެސް ވަމާހަކަ ދައްކާފައި ވެއެވެ.



އާންމުކޮށް ނުލިޔެވޭފަދަ ޖިންސީ އަމަލުތަކުގެ ހުތުރު ވާހަކަތައް އޭނާ ދައްކާފައިވަނީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާތަކުގެ ކުދިންނާއެވެ. އަދި ޕަލޫޑަން އެކުދިންނާ އެފަދަ ވާހަކަތައް ދައްކާފައިވަނީ އެކުދިންގެ އުމުރާއި ބެހޭގޮތުން ސުވާލުކޮށް އެއީ ކުޑަކުދިންކަން އެނގިހުރެއެވެ.

ޕަލޫޑަން އެނގިހުރެ އަދި މެދުނުކެނޑި މިފަދަ ހުތުރު ވާހަކަތައް އާންމުކޮށް ދައްކަނީ އުމުރުން 14 އަހަރާއި 13 އަހަރުގެ ކުދިންނާއެވެ.

ޕަލޫޑަން އެކިފަހަރު މަތިން އުމުރުން ހަގު ފިރިހެންކުދިންނާ ވާހަކަދައްކާ މި އޯޑިއޯ ތަކުގެތެރެއިން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެއްކުއްޖަކު ގާތުގައި އެފަދަ ވާހަކަތައް ކިޔައިދެމުން ބުނީ ބަދިގޭގައި އޭނާ އުޅެނީ "ބަރަހަނާ" ކޮށް ކަމަށެވެ.

މީގެ އިތުރުން ޕަލޫޑަންގެ މި ޗެޓްތަކުގައި އިސްލާމް ދީނާ ދެކޮޅު ވާހަކަތައްވެސް އެކުދިންނާ ދައްކައެވެ. އަދި އިސްލާމް ދީން އޭނާއަށް ކަމުނުދާ ސަބަބުތައް އެކުދިންނަށް އޮޅުންފިލުވައިދީ ހަދައެވެ.



ޕަލޫޑަން "ޑިސްކޯޑް" ބޭނުންކުރަން ފެށީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ ޔޫޓިއުބް އެކައުންޓް ބްލޮކްކުރުމާ ގުޅިގެންނެވެ. އެކަށީގެން ނުވާ ޗެޓްތަކުގެ ސަބަބުން ގާނޫނީ ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް މީގެ ކުރިން ޖުމްލަ 14 ކުށެއްގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވެ އެވެ.

މި ޚަބަރާއެކު ޕަލޫޑަންގެ ބައެއް ޖިނާއީ ކުއްތަކުގެ ރެކޯޑުވެސް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. މި ރެކޯޑް ތަކުން އެނގޭ ގޮތުގައި އޭނާއަށް 3 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ވަކި މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދައާއި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ވަނީ ހިފަހައްޓާފައެވެ.



މުސްލިމުންނާ ދެކޮޅު ހަރުކަށި ފިކުރު ގެންގުޅޭ ޕަލޫޑަން ދާދިފަހުން ވަނީ ސްވިޑެންގައި ހުންނަ ތުރުކީ އެމްބަސީގެ ކުރިމަތީގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލާފައެވެ. ބައިނަލްއަގްވާމީ ގޮތުން އެކަން ކުށްވެރި ކުރި ނަމަވެސް ޕަލޫޑަން ހުވާކޮށްފައި ބުނެފައި ވަނީ ކޮންމެ ހުކުރު ދުވަހަކު އެ މާތް ފޮތް އަންދާލާނެ ކަމަށެވެ. އޭނާ މިކަން ކުރަނީ ޑެންނާކް ސަރުކާރުގެ ހުއްދައާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން