ޖާސޫސްކުރަން ޗައިނާއިން އެމެރިކާއަށް ފުއްޕާހަމެއް ފޮނުވިކަމަށް އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ތުހުމަތުކޮށްފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ ޗައިނާއިން ފޮނުވާފައިވާކަމަށް ބެލެވޭ ފުއްޕާހަމެއް އެމެރިކާ ސަރަހައްދު މަތީގައި އެނބުރޭތާ ދުވަސްތަކެއްވެއްޖެކަމަށެވެ. ނަމަވެސް އާއްމުންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލާފައި އެއަށް ހަމަލާ ނުދޭން ނިންމާފައިވާކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.
ޕެންޓަގަންއިން ބުނީ ފުއްޕާހަމުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާކަމަށާއި، ފުއްޕާހަން ދަތުރުކުރަމުންދަނީ ކޮމާޝަލް ފްލައިޓްތައް ދަތުރުކުރާ އެލްޓިޓިއުޑަށް ވުރެ މަތިންކަމަށެވެ. އެހެންކަމުން މީގެ ސަބަބުން ފްލައިޓަކަށް ނުރައްކަލެއް ނެތްކަމަށްވެސް އެމެރިކާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް މި ފުއްޕާހަން ދަތުރުކުރަމުންދަނީ އެމެރިކާގެ އަސްކަރިއްޔާގެ މުހިއްމު މަރުކަޒުތަކެއް ހުރި މޮންޓާނާ ސްޓޭޓްގެ މަތިންކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި މިފަދަ ހަރަކާތްތަކެއް ފާހަގަވާތީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.
ހަބަރުތައް ބުނާގޮތުން އެމެރިކާގެ އޮފިޝަލުން ވަނީ ޗައިނާގެ އޮފިޝަލުންނާއި މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ޗައިނާއިންވެސް މިކަމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ.
ބައެއް އޮފިޝަލުންނާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ދަނީ ޗައިނާއިން ފޮނުވިކަމަށް ބުނާ ފުއްޕާހަން ކައިރިން ދަތުރުކުރަމުންނެވެ. އަދި ހުއްދަ ލިބުމާއެކު އެއަށް ހަމަލާދީ ވައްޓާލާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.
އެމެރިކާ ސަރަހައްދަށް ވަނުމުގެ ކުރިން މި ފުއްޕާހަން ކެނެޑާއިން ފެނިފައިވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް މި ފުއްޕާހަމުގެ ސައިޒު އެއްްވެސް ފަރާތަކުން ނުބުނެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. އެހެންކަމުން މިކަމާއި ގުޅިގެން ދަތުރަށް އަސަރުތަކެއް ކުރުމަކީ އެކަށީގެންވާކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

An eyewitness has filmed a suspected Chinese surveillance balloon that’s been floating above the US 👇
— Al Jazeera English (@AJEnglish) February 3, 2023
🔗: https://t.co/KrHv04QgIg pic.twitter.com/ypn8F8Jmc7
ހަބަރުތައް ބުނާގޮތުން އެމެރިކާގެ އޮފިޝަލުން ވަނީ ޗައިނާގެ އޮފިޝަލުންނާއި މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ޗައިނާއިންވެސް މިކަމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ.
ބައެއް އޮފިޝަލުންނާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ދަނީ ޗައިނާއިން ފޮނުވިކަމަށް ބުނާ ފުއްޕާހަން ކައިރިން ދަތުރުކުރަމުންނެވެ. އަދި ހުއްދަ ލިބުމާއެކު އެއަށް ހަމަލާދީ ވައްޓާލާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.
އެމެރިކާ ސަރަހައްދަށް ވަނުމުގެ ކުރިން މި ފުއްޕާހަން ކެނެޑާއިން ފެނިފައިވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް މި ފުއްޕާހަމުގެ ސައިޒު އެއްްވެސް ފަރާތަކުން ނުބުނެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. އެހެންކަމުން މިކަމާއި ގުޅިގެން ދަތުރަށް އަސަރުތަކެއް ކުރުމަކީ އެކަށީގެންވާކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު