މާޝާ މިދުހަތު   5 ފެބްރުއަރީ 2023 - 14:51
ދީނާ ހިލާފު ވާހަކަތަކެއް ފަތުރާތީ ޕާކިސްތާނުން ވިކިޕީޑިއާ ބްލޮކްކޮށްފި އެވެ.

މި ފިޔަވަޅު ހޮނިހިރު ދުވަހު އިއުލާން ކުރީ އާންމު މައުލޫމާތު އާންމުކުރާ ވިކިޕީޑިއާއިން އާންމުކޮށްފައިވާ ބައެއް މައުލޫމާތު ނައްތާލުމަށް 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށްފަހުއެވެ. ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން ބުނީ ވިކިޕީޑިއާ އިން އެ އޮތޯރިޓީގެ އެންގުމަށް އަމަލު ނުކުރާ ކަމަށެވެ.



ވިކިޕީޑިއާ ހޯސްޓްކުރާ ވިކިމީޑިއާ ފައުންޑޭޝަނުން ބުނީ ޕާކިސްތާނުން ވިކިޕީޑިއާ މަނާކުރުމުގެ މާނައަކީ ޕާކިސްތާނުގެ ރައްޔިތުންނަށް "އެންމެ ބޮޑު، އަދި ހިލޭ މައުލޫމާތު ލިބިދޭ ސްޓޯރޭޖަށް" ވަނުން މަނާކުރުން ކަމަށެވެ.

ދީނާ ހިލާފު ވާހަކަތަކެއް ފަތުރާތީ ޕާކިސްތާނުން ވިކިޕީޑިއާ ބްލޮކްކުރިއިރު، ޕާކިސްތާނު ސަރުކާރުން ސުވާލު އުފައްދާ މައުލޫމާތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެއްވެސް ގޮތަކުން ދީނަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުން ދެކޮޅު ހަދާ މައްސަލައެކެވެ. މިކަމާހެދި މުސްލިމުންގެ ބޮޑު މެޖޯރިޓީއެއް އޮންނަ ޕާކިސްތާނުން މީގެ ކުރިން ވަނީ ޓިންޑަރ، ފޭސްބުކް އަދި ޔޫޓިއުބް ފަދަ އެހެން މީސްމީޑިއާ ޕްލެޓްފޯމްތައްވެސް ބްލޮކްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން