އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗަށްފަހު ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

މިއަދު ކުޅުނު މެޗްގައި ކަލާފާނު ސްކޫލުން މެޗް ކާމިޔާބުކުރީ 2 – 1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއިއެކު އެ ސްކޫލް ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. މެޗު ނިމުނު ވަގުތު ގުރައިދޫގެ ބައެއް ސަޕޯޓަރުންވަނީ ދަނޑަށް އަރައި ރެފްރީއަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެގޮތުން، އޭނާ ގައިގައި ހިފަހައްޓަން އުޅުންއިރު ރެފްރީ އެމީހުންގެ ކިބައިން ސަލާމަތްވާން ދުވާ މަނަޒަރު ވެސް ފެނިގެން ގޮސްފައި ވެއެވެ.

މި ހާދިސާގެ ވީޑިއޯ އާންމުވެފައިވާއިރު އެކަން އެފްއޭއެމުން ދަނީ ބަލަމުންނެވެ.

އެފްއޭއެމުން ބުނެފައިވަނީ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއަދު ހިނގި ހާދިސާގެ މައްސަލަ ބަލައި ހަރުކަށި އަދަބު ދީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މުބާރާތުގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗް އޮންނާނީ މިރޭ 8:30 ގައެވެ. އެ މެޗްގައި ބައްދަލުކުރާނީ އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޛޔޔހ

20-Feb-2023

އަދިވެސް ކިޔާ17 އަހަރުގެ ކުދިންނޭ.



ޓްރެންޑިން