ބިންހެލުމަށް ފަހު ވެއްޓިފައިވާ އިމާރާތެއްގެ ކޮންކްރީޓް ތަކުގެ ދަށުގައި ތާށިވެ އޮވެ ކޮއްކޮ ރައްކާތެރިކޮށްގެން އޮވެ ސަލާމަތަށް އެދެމުން ދިޔަ ދެބެއިން ސަލާމަތްކޮށްފިއެވެ.
މިދެބެއިން ކޮންކްރީޓް ތަކުގެ ދަށުވެ ތާށިވެފައިވަނީ މިދިޔަ ހޯމަ ދުވަހު އެއާއިލާގެ އެންމެން ނިދާފައި ތިއްބައި ސީރިއާ އަދި ތުރުކީ ވިލާތަށް އައި ބިންހެލުމާއެކު ސީރިއާގެ އުތުރުގެ ސަރަހައްދުގައި ހުރި އެގެ ބިމާ ހަމަވުމާއެކުއެވެ. އެދެބެން ސަލާމަތް ކުރެވިފައިވަނީ ކޮންކްރީޓް ދަށުގައި ތާށިވެފައި ތިބޭތާ 36 ގަޑިއިރަށް ވުރެ ގިނައިރު ފަހުންނެވެ.
ބިންހެލުމާއެކު ލިބިފައިވާ ގެއްލުންތަކާއި، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ވީޑިއޯތަކުން އެންމެ ގިނަބައެއްގެ ސަމާލުކަން ލިބި، ގިނަބައެއްގެ ހިތްތަކާއި ކުޅެލި މަންޒަރަކަށްވެގެންދިޔައީ ކޮންކްރީޓް ދަށުވެ ތާށިވެފައި ތިބި މިދެބެއިންގެ ވީޑިއޯ އަށެވެ. ދެބެން ތާށިވެފައިތިބި އިރު ކޮއްކޮ އިލާފްގެ ރައްކަލަށް ދައްތަ މަރިޔަމް އާދޭސް ކުރަމުންދިޔައީ ކޮންމެ ހާލެއްގައިވެސް ކޮއްކޮ ސަލާމަތްކޮށްދިނުމަށެވެ. އަދި ދެބެން ސަލާމަތްކޮސްދީފިނަމަ އަގެއްގެ ގޮތުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްދީފާނެކަމަށް ބުނަމުންދިޔައެވެ.
"އަހަރެމެން މިތަނުން ސަލާމަތްކޮަށްދީބަލަ، އަހަރެން ކަލެއަށް ކޮންމެ ކަމެއް ވެސް ކޮށްދޭނަން. އަހަރެން ވާނަން ކަލޭގެ ޚާދިމަކަށްވެސް،" ތާށިވެފައި ތިބި އެކުދިން ސަލާމަތްކުރަން ތިބި ރެސްކިއު ޓީމު މެމްބަރުން ގާތު ދެބެންގެ ތެރެއިން ދޮށީ ކުއްޖާ، މަރިޔަމް އާދޭސްކުރަމުން ދިޔައެވެ.
ދެބެން ތާށިވެފައިތިބި އިރުވެސް، ދައްތަގެ ހަރަކާތްކުރެވޭ އަތުން ދިޔައީ ވެއްޔާއި ހިރަފުހުން ކޮއްކޮގެ މޫނު ސަލާމަތްކޮށްދެމުންނެވެ.
ބިމާހަމަވެފައިވާ ގޭގެ ދަށުގައި ތާށިވެފައި ތިބި އެކުދިންގެ މަންމަ އާއި ބައްޕަ އެކުދިންނަށްވުރެ ކުރިން ވަނީ ސަލާމަތް ކޮށްފައެވެ. އެގޮތުން އެކުދިންގެ ބައްޕަ މުސްތަފާ ޒުހިރް އަލް ސައިދް މީޑިއާ އަކާ ވާހަކަ ދައްކަމުން ބުނީ ބިންހެލުން އައި ވަގުތު އެންމެންވެސް ތިބީ ނިދާފައިކަމަށާއި، ގެ ބިމާ ހަމަވަމުންދިޔަ ވަގުތު އިހުސާސްކުރެވުނުކަމަށާއި، އޭރު ބޯމައްޗަށް ގެވެއްޓެމުންދާކަން އެނގުނު ކަމަށެވެ. އަދި އެވަގުތު ސަލާމަތްވާން ދާނެތަނެއް އަދި ވަގުތެއްވެސް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.
ކޮންކްރީޓް ދަށުވުމާއެކު އަލް ސައިދު ބުނީ އޭނާގެ އާއިލާއިން އެހީއަށް އެދުމަށް ބާރަށް ޤުރުއާން ކިޔަވާ، އަޑުގަދަކޮށް ދުއާ ކުރި ކަމަށެވެ. އެގޮތަށް ދެދުވަސް ވަންދެން ތާށިވެފައި ތިބެން ޖެހުނުކަމަށް އަލް ސައިދު ބުންޏެވެ.
ރަޖާތަކުގައި އޮޅާލައިގެން ކޮންކްރީޓްތަކުގެ ތެރެއިން މަރިޔަމް އާއި އިލާފް ސަލާމަތްކޮށްގެން ނެރޭތަން ބަލަން ތިބި އެސަރަހައްދުގެ ރައްޔިތުންނާއި، ރެސްކިއު ޓީމުތަކުން އުފާފާޅުކުރަމުންދާތަން އާންމުވެފައިވާ ވީޑިއޯތަކުން، ފެނިގެންދެއެވެ. އެ ކުދިން މިހާރުވަނީ ކޮންރީޓްތަކުގެ ތެރެއިން ސަލާމަތްކޮށް ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ފައެވެ.
މިދިޔަ ހޯމަދުވަހު އައި މިބިންހެލުމަކީ މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޯޑަރު ހިއްސާކުރާ ދެ ގައުމުކަމަށްވާ ތުރުކީއާއި ސީރިއާ ސަރަހައްދަށް އައި އެންމެ ވަރުގަދަ އެއް ބިންހެލުމެވެ. ބިންހެލުމުގެ އަސަރު ލުބުނާނާއި އިސްރާއީލާ ހަމައަށް އިހުސާސުވިކަމަށް ރިޕޯޓުތައް ބުނެއެވެ. މިބިން ހެލުން އަރާފައިވަނީ 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ފަތިހުގެ ވަގުތެއްގައެވެ.

A Happy ending yall… the sisters have been rescued. 🙏 #Syria #Earthquake https://t.co/GX403BV7EH pic.twitter.com/yHs3deoOaX
— Abier (@abierkhatib) February 7, 2023
މިދިޔަ ހޯމަދުވަހު އައި މިބިންހެލުމަކީ މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޯޑަރު ހިއްސާކުރާ ދެ ގައުމުކަމަށްވާ ތުރުކީއާއި ސީރިއާ ސަރަހައްދަށް އައި އެންމެ ވަރުގަދަ އެއް ބިންހެލުމެވެ. ބިންހެލުމުގެ އަސަރު ލުބުނާނާއި އިސްރާއީލާ ހަމައަށް އިހުސާސުވިކަމަށް ރިޕޯޓުތައް ބުނެއެވެ. މިބިން ހެލުން އަރާފައިވަނީ 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ފަތިހުގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު