ތުރުކީ ވިލާތުގެ ދެކުނުބިތަށާއި ސީރިއާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ހޯމަދުވަހު އައި ބާރުގަދަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 12000 އިން މައްޗަށް އަރައިފިއެވެ.
ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައި 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިން ހެލުމުގައި ތުރުކީއާއި ސޫރިޔާއިން އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެސްވެފައެވެ.
ހަބަރުތައް ބުނާގޮތުން ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 12000 އަށް އަރާފައިވާއިރު ތުރުކީން މަރުވީ މީހުންގެ އަދަދު 9000 އަށްވުރެ އިތުރެވެ. އަދި ސީރިޔާއިން މަރުވި މީހުންގެ އަދަދު 2900 އަށްވުރެ ގިނައެވެ.
ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިޕް އެރުދުގާން ވަނީ ބިން ހެލުމުގައި އެންމެ ބޮޑަށް އަސަރުކުރި ހިސާބުތަކަށް ވަޑައިގެންފައެވެ.
އެހީގެ މަސައްކަތް ލަސްވާކަމަށް ބުނާ ވާހަކަތަކަށް އިޝާރާތްކުރައްވައި އުރުދުގާން ވިދާޅުވީ މިއީ އެއްވެސް ބަޔަކަށް ދުރާލާ ތައްޔާރުވެވޭނެ ހާލަތެއް ނޫންކަމަށެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި 12 ހާސް މީހުން ހަރަކާތްތެރިވާއިރު، 9000 ސިފައިންވެސް މިކަމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި 70 ވަރަކަށް ގައުމުން ހަރަކާތްތެރިވަމުންދާކަމަށް ހަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު